ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު “ދެވި” އަށް ބެލުންތެރިންގެ ތަޢުރީފު އޮއްސުން ފަނޑުވުމެއް ނެތި ކުރިއަށް!
ބެލުންތެރިއެއްގެ ކޮމެންޓެއް

ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭ ރިލީޒްކުރި ޔާރާ ޕްރޮޑަކްޝަންއިން އުފެއްދި އައްޒަގެ ފިލްމު “ދެވި” އަށް، ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ތަޢުރީފާއި ތަރުހީބު އޮއްސުން ފަނޑުވުމެއް ނެތި ކުރިއަށްދާ ކަމަށް މީސްމީޑިއާ ރިވިއުތަކުން ދައްކައިފިއެވެ. މި ފިލްމަކީ މިއަހަރުގެ އެންމެ އިންތިޒާރުކުރެވުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން، ފިލްމުގެ ފެންވަރާއި އަގު ވައްޓައިލުމަށް ބައެއް މީހުން އިދިކީލި ވާހަކަތައް ދެއްކި ނަމަވެސް، ފިލްމު ބެލުމަށްފަހު ބެލުންތެރިން ހިއްސާކުރާ ކޮމެންޓްތައް މީސްމީޑިއާގައި ކޮންމެ ދުވަހަކުވެސް ކެނޑިނޭޅި ފެންނަމުންދެއެވެ. މިކަމުން ދައްކުވައިދެނީ ފިލްމަށް ލިބެމުންދާ އާންމު ތަރުހީބުގެ ބޮޑު ކަމެވެ.

ފިލްމު ނުބަލާ ބައެއް މީހުން މި ފިލްމާމެދު ގޮތް ނިންމާ ނެގެޓިވް ވާހަކަތައް ފަތުރަމުން އައި ނަމަވެސް، މިއީ މިހާތަނަށް ރާއްޖޭގައި އުފެއްދި މި ޖޮންރާގެ އެންމެ ވަރުގަދަ، އުފެއްދުންތެރި، އަދި ރީތި ފިލްމު ކަމަށް ފިލްމު ބެލި އެންމެންހެން އިއްތިފާޤުވެއެވެ. ފިލްމުގެ ވާހަކައިގެ އޮނިގަނޑާއި، ޑައިރެކްޝަން، ފުރިހަމަ އަދި މޮޅު ޓެކްނިކަލް މަސައްކަތް، ވީއެފްއެކްސް އަދި އެކްޓިންއަށްވަނީ ފުރިހަމަ ތަޢުރީފު ލިބިފައެވެ.

ފިލްމާމެދު މަދު ބަޔަކު ނެގެޓިވް ވާހަކަތައް ދެއްކި ނަމަވެސް، އެ ވާހަކަތައް ގަބޫލުނުކޮށް ގޮސް ފިލްމު ބަލާ މީހުން ހިއްސާކޮށްފައިވާ ކޮމެންޓްތައްވެސް ގިނަ އަދަދަކަށް ފެންނަމުންދެއެވެ. ފިލްމު ބަލާފައި ނުކުންނަ ބެލުންތެރިން ތިބެނީ ވަރަށް ހިތްހަމަޖެހި އުފަލުންކަން ފާހަގަވާއިރު، މީސްމީޑިއާގައި ޝެއާކޮށްފައިވާ ރިވިއުޒްތަކުން މިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

ފިލްމުގެ ހައުސްފުލް ޝޯތަކެއް މާލޭގެ މައި ސިނަމާ އޮލިމްޕަހުގައި ދައްކަމުން އަންނައިރު، އަދިވެސް މި ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް އެއްވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ. މި ކާމިޔާބީއަކީ ދިވެހި ފިލްމީ ދާއިރާއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފިލްމީ މަސައްކަތްތެރިން ފާހަގަކުރެއެވެ.

މިވެސް ކިޔާލަން:  ދެވަނަ ފަހަރަށް "ދެވި" ބަލާފައި ނުޒޫ ތައުރީފު އޮއްސާލައިފި

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top