ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ދިވެހިރާއްޖެ ވާދަކުރަނީ
ފުޓްބޯޅަ އެސޯސިޢޭޝަން އޮފް މޯލްޑިވްސް

އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު ވާދަކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން މޯލްޑިވްސްއިން އާންމުކޮށްފި އެވެ.

އަންނަ މަހުގެ 4 އިން 9 އަށް ޗައިނާގެ ޔިންޗުއާންގެ ލިންގްވޫ ސްޕޯރޓްސް ސެންޓަރުގައި ބާއްވާ މި މުބާރާތުގައި ވާދަކުރަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ އިތުރުން، ހޮންގްކޮންކް އާއި ސައުތު ކޮރެއާ އެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު ސައުތު ކޮރެއާ އާ ބައްދަލު ކުރާއިރު ދެވަނަ މެޗްގައި 7 ވަނަ ދުވަހު ބައްދަލުކުރާނީ ހޮންގް ކޮންގް އާއެވެ. އަދި ތިންވަނަ މެޗުގައި 9 ވަނަ ދުވަހު ބައްދަލު ކުރާނީ ޗައިނާ އާއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން

ސައުތު އޭޝިޔާ ސަރަހައްދުގެ ފުޓްސަލް ޗެމްޕިއަންގެ ގޮތުގައި އޮތް ދިވެހިރާއްޖެއިން ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް މުބާރާތް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގައި ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަބާރު އިންޑިޔާ 5-0 އިން ބަލިކުރިއިރު، ޕާކިސްތާނު ބަލިކުރީ 7-1 އިން ނެވެ. އަދި 6-1 އިން ބަނގުލަދޭޝް، 2-1 އިން ނޭޕާލް، 3-1 އިން ބޫޓާން، 5-2 އިން ސްރީލަންކާ ބަލިކުރި އެވެ.

ޗައިނާ މުބާރާތަށް ދާ ޓީމުގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު، މި ޓީމުގައި ގިނައިން ހިމެނެނީ ސާފް ފުޓްސަލް މުބާރާތް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިން ނެވެ.

މި ޤައުމުތަކާއިއެކު ދިވެހިރާއްޖެއިން ކުޅެފައިވާ ފުޓްސަލް މެޗުތަކަށް ބަލާލާއިރު، އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފިކޭޝަންގައި ޗައިނާއާ ވާދަކޮށް ދިވެހިރާއްޖެ ބަލިވީ ބޮޑު ތަފާތަކުން ނެވެ. އަދި ހޮންގްކޮންގް އާއި ސައުތު ކޮރެއާ އާވެސް ދިވެހިރާއްޖެ ވަނީ ފުޓްސަލްގައި ވާދަކޮށް ބޮޑު ތަފާތަކުން ބަލިވެފަ އެވެ.

މިވެސް ކިޔާލަން:  އެޗްޑީސީ އާއި އެސްޓީއޯ ސެމީ ފައިނަލަށް ދަތުރުކޮށްފި

މީގެ ކުރިން މި ޤައުމުތަކާއި ދިވެހިރާއްޖެއިން ވާދަކޮށްފައިވާ ދުވަސްވަރާއި ބަލާއިރު ދިވެހިރާއްޖެ މިހާރު ވަނީ ފުޓްސަލްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top