ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިރުވެރި ފިލްމު “އޮބްސެޝަން” ޖިއޯހޮޓްސްޓާ
ގޫގުލް

ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ހޯދައި، ގިނަ ބައެއްގެ މެދުގައި މަޤުބޫލުވި ބިރުވެރި ޑްރާމާ ފިލްމު “އޮބްސެޝަން” ގެ އަންކަޓް ވާޝަން މި މަހުގެ 30 ވަނަ ދުވަހު އޯޓީޓީ ޕްލެޓްފޯމް ޖިއޯހޮޓްސްޓާ މެދުވެރިކޮށް ދައްކަން ނިންމައިފިއެވެ. މިކަން އެ ޕްލެޓްފޯމުން ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

އަންނަ ބުރާސްފަތި ދުވަހު މި ފިލްމު ސްޓްރީމްކުރަން ފަށާއިރު، އިނގިރޭސި ބަހުގެ އިތުރުން ހިންދީ ބަހުންވެސް މި ފިލްމު ބަލައިލެވޭނެ ކަމަށް ޖިއޯހޮޓްސްޓާރުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެ ޕްލެޓްފޯމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިންތިޒާރަށް ނިމުން އައިސްފައިވާ ކަމަށާއި، މި ހެލޮވީންގައި އެންމެ އެދުމަކުން ހުރިހާ ކަމެއް ބަދަލުކޮށްލާނެ ކަމަށެވެ. އަދި “އޮބްސެޝަން: ދި އޮރިޖިނަލް އަންކަޓް ވާޝަން” އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭގަނޑު 7:00 އިން ފެށިގެން ޖިއޯހޮޓްސްޓާގެ “ދަ ޕީކޮކް ހަބް” އިން ބަލައިލެވޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

މިދިޔަ މެއި މަހުގެ 29 ގައި އިންޑިއާގެ ސިނަމާތަކުގައި އެޅުވި މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ބެއާ (މައިކަލް ޖޯންސްޓަން) ކިޔާ ޒުވާނަކަށް އާދަޔާ ޚިލާފު ބާރުތަކެއް އެކުލެވޭ އެއްޗެއް ލިބުމުން ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. އެ އެތީގެ ސަބަބުން އޭނާގެ ގާތް އެކުވެރިޔާ ނިކީ (އިންޑޭ ނަވަރެޓޭ) ގެ ލޯބި ހޯދުމަށް ބެއާ ކުރާ އުންމީދު ފުރިހަމަވެއެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ އެ އެދުމުގެ ސަބަބުން ނުރައްކާތެރި އަދި ބިރުވެރި އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ.

މިވެސް ކިޔާލަން:  "އެވަޓާ" ސިލްސިލާއާއެކު ޒޯއީ ސަލްޑާނާ ހޭދަކުރާ ދިގު މުއްދަތު

މި ފިލްމުގެ މުހިންމު ރޯލުތަކުން ކޫޕާ ޓޮމްލިންސަން، މޭގަން ލޯލެސް އަދި އެންޑީ ރިކްޓާ ވެސް ފެނިގެންދެއެވެ.

މި ފިލްމަކީ އެންމެ 750،000 އެމެރިކާ ޑޮލަރުގެ ކުޑަ ބަޖެޓަކުން އުފެއްދި ފިލްމެއް ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް މި ފިލްމަށް ވަނީ މުޅި ދުނިޔޭގެ ބޮކްސް އޮފީހުން 500 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ކަރީ ބާކާ ޑައިރެކްޓްކޮށް، ސްކްރީންޕްލޭ ލިޔެ، އެޑިޓްކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޖޭމްސް ހެރިސް، ހެއިލީ ނިކޯލް ޖޯންސަން، ކްރިސްޓިއަން މާކިއުރީ އަދި ރޯމަން ވިއާރިސްއެވެ. މި ފިލްމު އެންމެ ފުރަތަމަ ޕްރިމިއާ ކޮށްފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ގައި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top