ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޕީނަޓް ބަޓަރ މޫސް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 6 މިނެޓް
🍽️ މި މިންވަރުން ތައްޔާރުކުރެވޭނީ: 2 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● 4 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓަރ
● ½ ޖޯޑު ޕްލެއިން ގްރީކް ޔޯގަޓް
● 1 ސައިސަމުސާ ސްޓީވިއާ ބްރައުން ޝުގަރ ބްލެންޑް
● ¼ ސައިސަމުސާ ވެނީލާ އެސެންސް
● 2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ޗިޕްސް (ނުވަތަ ބޭނުންވާ މިންވަރަކަށް)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – މައިކްރޯވޭވް ކުރެވޭ ފަދަ ތަށްޓަކަށް ޕީނަޓް ބަޓަރ އެޅުމަށްފަހު، އެ ދިޔާވެ އޮމާންވަންދެން ގާތްގަނޑަކަށް 20 ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލާށެވެ.

2 – ޕީނަޓް ބަޓަރާއި ގްރީކް ޔޯގަޓް އެއްކޮށް އޮމާންވަންދެން ސަމުސަލަކުން ގިރާލާށެވެ. މިގޮތަށް ގިރާއިރު ސަމުސަލުގައި ހަރުލާފައި ހުންނަ ޕީނަޓް ބަޓަރުތައް ރަނގަޅަށް ނައްޓާލައިގެން އެއްކުރަން ސަމާލުކަން ދޭށެވެ.

3 – ދެން އޭގެ ތެރެއަށް ސްޓީވިއާ އަދި ވެނީލާ އެސެންސް އެޅުމަށްފަހު އެއްކޮށްލާށެވެ.

4 – އެންމެ ފަހުން ޗޮކްލެޓް ޗިޕްސްކޮޅު މައްޗަށް އަޅާލާށެވެ.

އިތުރު އިރުޝާދު:

● ޕީނަޓް ބަޓަރުގެ ރަހަ ގަދަކުރަން ބޭނުންނަމަ 3 މޭޒުމަތީ ސަމުސަލާ ހަމައަށް ޕީނަޓް ބަޓަރު ބޭނުންކުރެވިދާނެއެވެ.
● ޕްލެއިން ޔޯގަޓްގެ ބަދަލުގައި ވެނީލާ ގްރީކް ޔޯގަޓްވެސް ބޭނުންކުރެވިދާނެއެވެ. ވެނީލާ ޔޯގަޓް ބޭނުންކުރާނަމަ އިތުރަށް ވެނީލާ އެސެންސް އަޅާކަށް ނުޖެހޭނެއެވެ.
● ޗޮކްލެޓް ޗިޕްސް ނާޅައި، މި މޫސް އެހެން އެއްޗެހީގެ މައްޗަށް އަޅާ ޓޮޕިންގްއެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top