މިއީ 2001 ވަނަ އަހަރު ނުކުތް މަޝްހޫރު ހިންދީ ފިލްމު “ތުމް ބިން” ގެ ލަވައެކެވެ. އުދިތު ނާރަޔަން އާއި އަނޫރާދާ ޕައުޑްވާލްގެ ހިތްގައިމު އަޑުން އިވިގެންދިޔަ މި ލޯބީގެ ލަވައަކީ ކުރިއެކޭ އެއްގޮތަށް އަދިވެސް ފަނޑުވުމެއް ނާންނަ މަޝްހޫރު ލަވައެކެވެ.
ފާއިޒް އަންވަރުގެ ފުރިހަމަ ޅެންވެރިކަމެއް ފެނިގެންދިޔަ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދިނީ ނިކިލް-ވިނޭ އެވެ.
ރެމޯ ޑި’ސޫޒާ ކޮރެއޮގްރާފް ކޮށްދީފައިވާ މި ލަވައިން ފެނިގެންދަނީ ފިލްމުގެ މައިގަނޑު ތަރިން ކަމަށްވާ ޕްރިޔާންޝޫ ޗެޓަރޖީ، ސަންދަލީ ސިންހާ، ހިމާންޝޫ މާލިކް އަދި ރާކޭޝް ބާޕަޓްއެވެ. މި ފިލްމު ޑައިރެކްޓްކުރީ އަނޫބަވް ސިންހާއެވެ.
ހިންދީ ލަވަ އާއި ދިވެހި މާނަ
ތުމްހާރޭ ސިވާ ކުޗް ނާ ޗާހަތު ކަރޭންގޭ، ކެ ޖަބް ތަކް ޖިޔޭންގޭ މުހައްބަތު ކަރޭންގޭ
ކަލާ ނޫން އެހެން ފަރާތަކަށް އަހަރެންގެ ހިތް ނޭދޭނެއެވެ. އަދި ދިރިހުރިހާ ހިނދަކު އަހަރެން ކަލާދެކެ ލޯބިވާނަމެވެ.
މުހައްބަތު މުހައްބަތު، މުހައްބަތު މުހައްބަތު
ލޯތްބެވެ. ހަމައެކަނި ލޯތްބެވެ.
ތުމްހާރޭ ސިވާ ކުޗް ނާ ޗާހަތު ކަރޭންގޭ، ކެ ޖަބް ތަކް ޖިޔޭންގޭ މުހައްބަތު ކަރޭންގޭ
ކަލާ ނޫން އެހެން ފަރާތަކަށް އަހަރެންގެ ހިތް ނޭދޭނެއެވެ. އަދި ދިރިހުރިހާ ހިނދަކު އަހަރެން ކަލާދެކެ ލޯބިވާނަމެވެ.
ތުމްހާރޭ ސިވާ ކުޗް ނާ ޗާހަތު ކަރޭންގޭ، ކެ ޖަބް ތަކް ޖިޔޭންގޭ މުހައްބަތު ކަރޭންގޭ
ކަލާ ނޫން އެހެން ފަރާތަކަށް އަހަރެންގެ ހިތް ނޭދޭނެއެވެ. އަދި ދިރިހުރިހާ ހިނދަކު އަހަރެން ކަލާދެކެ ލޯބިވާނަމެވެ.
*****
ނަޒަރް ޗާހަތީ ހޭ ދީދާރް ކަރްނާ، ޔެ ދިލް ޗާހަތާ ހޭ ތުމްހޭ ޕިޔާރް ކަރްނާ
މި ދެލޯ އެދެނީ ކަލާ ދެކެލުމަށެވެ. މި ހިތް އެދެނީ ކަލާދެކެ ލޯބިވުމަށެވެ.
ތުމްހާރީ ވަފާ މޭ ޑޫބޭ ހޭ ހަމް، ހެ ކިޔާ ހާލް ދިލް ކާ، ޔެ ކޭސޭ ކަހޭ ހަމް
ކަލާގެ ވަފާތެރިކަމުގެ ތެރެއަށް އަހަރެން މިވަނީ ޣަރަގުވެފައެވެ. މި ހިތުގެ ހާލަތު ބަޔާންކޮށްދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
މެހެކްނޭ ލަގޭގާ ހޯ، މެހެކްނޭ ލަގޭގާ ބަދަން ޔޭ ތުމްހާރާ
ފަރިވެ ފޮޅެން ފަށާނެއެވެ. އާނއެކެވެ. ކަލާގެ މުޅި ހަށިގަނޑުން އެ ލޯބީގެ މީރުވަސް ދުވާނެއެވެ.
ހަމް އާނކޯން ސޭ އޭސީ ޝަރާރަތު ކަރޭންގޭ
އަހަރެންގެ ދެލޮލުގެ އިޝާރާތުން އެފަދަ ސަމާސާތަކެއް ކުރާނަމެވެ.
ތުމްހާރޭ ސިވާ ކުޗް ނާ ޗާހަތު ކަރޭންގޭ، ކެ ޖަބް ތަކް ޖިޔޭންގޭ މުހައްބަތު ކަރޭންގޭ
ކަލާ ނޫން އެހެން ފަރާތަކަށް އަހަރެންގެ ހިތް ނޭދޭނެއެވެ. އަދި ދިރިހުރިހާ ހިނދަކު އަހަރެން ކަލާދެކެ ލޯބިވާނަމެވެ.
*****
ހަމޭ އަޕްނެ ދިލް މޭ ބަސާޔާ ހޭ ތުމްނޭ، މުހައްބަތު ކެ ކާބިލް ބަނާޔާ ހޭ ތުމްނޭ
ކަލާގެ ހިތުން އަހަންނަށް ޖާގައެއް ދީފީމުއެވެ. ލޯބިވުމުގެ ޤާބިލުކަން އަހަންނަށް ހޯދައިދިނީ ކަލާއެވެ.
އަގަރް ތުމް ނަ މިލްތޭ ތޮ ހަމް ޖީ ނަ ޕާތޭ، ކިސޭ އަޕްނަ ކެހެތޭ ކަހާ ދިލް ލަގާތޭ
ކަލާ ބައްދަލުނުވިނަމަ އަހަންނަށް ދިރިއެއް ނޫޅެވުނީހެވެ. އަހަރެންގެ އަމިއްލަ މީހަކީ ކާކުކަމުގައި ބުނާނީ ކާކު ކައިރީ ހެއްޔެވެ؟ އަދި ހިތްދޭނީ ކާކަށް ހެއްޔެވެ؟
ސަޒާ ރަބް ޖޯ ދޭގާ އޯ، ސަޒާ ރަބް ޖޮ ދޭގާ، ވޯ މަންޒޫރް ހަމްކޯ
މާތް ރަސްކަލާނގެ ދެއްވާ ކޮންމެ ސަޒާއަކަށްވެސް އަހަރެން ރުހޭނަމެވެ.
ކެ އަބް ހަމް ތުމްހާރީ އިބާދަތު ކަރޭންގޭ
އަހަރެން ކަލާއަށްޓަކައި މުޅި އުމުރު ހުސްކުރާނަމެވެ.
ތުމްހާރޭ ސިވާ ކުޗް ނާ ޗާހަތު ކަރޭންގޭ، ކެ ޖަބް ތަކް ޖިޔޭންގޭ މުހައްބަތު ކަރޭންގޭ
ކަލާ ނޫން އެހެން ފަރާތަކަށް އަހަރެންގެ ހިތް ނޭދޭނެއެވެ. އަދި ދިރިހުރިހާ ހިނދަކު އަހަރެން ކަލާދެކެ ލޯބިވާނަމެވެ.
މުހައްބަތު މުހައްބަތު، މުހައްބަތު މުހައްބަތު، މުހައްބަތު މުހައްބަތު، މުހައްބަތު މުހައްބަތު
ލޯތްބެވެ. ހަމައެކަނި ލޯތްބެވެ. އާނއެކެވެ. ލޯތްބެވެ. ހަމައެކަނި ލޯތްބެވެ.
