🍽️ ލިބޭ މިންވަރު: 6 މީހުންނަށް (160 މިލިލީޓަރުގެ 6 ތަށި ނުވަތަ ފުޅި)
🛒 ބޭނުންވާ ތަކެތި:
ޗޮކްލެޓް ގަނާޝް ތައްޔާރުކުރުމަށް:
● 80 ގްރާމް ޑާކް ޗޮކްލެޓް (ކުދިކޮށް ކޮށާފައި)
● ⅓ ޖޯޑު ހެވީ ކްރީމް
ޕީނަޓް ބަޓަރ މޫސް ތައްޔާރުކުރުމަށް:
● 115 ގްރާމް ކްރީމް ޗީޒް (ކޮޓަރީގެ ފިނިހޫނުމިނުގައި ހުރި)
● ½ ޖޯޑު ކްރީމީ ޕީނަޓް ބަޓަރ
● ½ ޖޯޑު އައިސިން ޝުގަރ
● ½ ސައިސަމުސާ ވެނީލާ އެސެންސް
● ⅔ ޖޯޑު ހެވީ ކްރީމް
ފަށަލަތަކުގެ ދޭތެރެއަށް އެޅުމަށް ބޭނުންކުރެވިދާނެ އިތުރު ތަކެތި:
● ކޮށާފައި ހުރި ރޯސްޓެޑް ޕީނަޓްސް
● ބްރައުނީ ކޮޅުތައް
● ޗޮކްލެޓް ކޭކު
● ވިޕްޑް ކްރީމް
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ޗޮކްލެޓް ގަނާޝް ތައްޔާރުކުރުމަށް: ކޮށާފައި ހުރި ޗޮކްލެޓްތައް ހޫނަށް ނުގިރޭ ފަދަ ތަށްޓަކަށް އަޅާށެވެ. ކުޑަ ތަވައެއްގައި ހެވީ ކްރީމްކޮޅު ކެކެންދެން ހޫނުކުރުމަށްފަހު، ވަގުތުން ޗޮކްލެޓްތަކުގެ މައްޗަށް އޮއްސާލާށެވެ. މިނެޓެއްހާއިރު މަޑުކޮށްލުމަށްފަހު، ހުރިހާ އެއްޗެއް ރަނގަޅަށް ގިރި، އޮމާންވަންދެން އެއްކޮށްލާށެވެ. ބޭނުންކުރުމުގެ ކުރިން ކުޑަކޮށް ފިނިކޮށްލަންވާނެއެވެ.
2 – ޕީނަޓް ބަޓަރ މޫސް ތައްޔާރުކުރުމަށް: ބޮޑު ތަށްޓެއްގައި ކްރީމް ޗީޒް، ޕީނަޓް ބަޓަރ، އައިސިން ޝުގަރ އަދި ވެނީލާ އެސެންސް އެއްކޮށް، ރަނގަޅަށް އޮމާންވަންދެން އިލެކްޓްރިކް މިކްސަރަކުން ގިރާލާށެވެ.
3 – އެހެން ތަށްޓެއްގައި ހެވީ ކްރީމްކޮޅު ރަނގަޅަށް އޮމާށްވަންދެން (ޝޭވިންގ ކްރީމް ހުންނަ ފަދަ އޮމާންކަމެއް އަންނަންދެން) ގިރާލާށެވެ. އެއަށްފަހު، ގިރާފައި ހުރި ކްރީމްގެ ދެބައިކުޅަ އެއްބައި ކުރިން ތައްޔާރުކުރި ޕީނަޓް ބަޓަރ މިކްސްޗަރާއެކު މަޑުމަޑުން އެއްކޮށްލާށެވެ. ދެން ބާކީ އޮތް ބައިވެސް އަޅައި އެއްކޮށްލާށެވެ.
4 – ތަށިތަކަށް ފުރަތަމަ ޕީނަޓް ބަޓަރ މޫސް އަދި އޭގެ މައްޗަށް ޗޮކްލެޓް ގަނާޝް އަޅައިގެން ފަށަލަ ފަށަލައަށް އަތުރާލާށެވެ. މި ފަށަލަތަކުގެ ދޭތެރެއަށް ނުވަތަ މައްޗަށް ބަދަން، ބްރައުނީ ނުވަތަ އިތުރު ޗޮކްލެޓް އެޅިދާނެއެވެ.
ރައްކާކުރުން:
މި ޕާފޭ ފްރިޖުގައި 4 ދުވަސްވަންދެން ބެހެއްޓޭނެއެވެ.
