ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަލިމަޑުކަމަށްފަހު ލޫސީ އެނބުރި އައީ ވަރުގަދަ ޕްރޮޖެކްޓަކާއެކު!

ޖާއޯ ލޫސީގެ އާ ޑްރާމާ ސިލްސިލާ “ފެއަރވެލް ލެޓާސް” ގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޑްރާމާގެ މަންޒަރުތައް ނެގުމުގެ މަސައްކަތް ނޮވެމްބަރު 12 ވަނަ ދުވަހު ޗައިނާގެ ޗެންގްޑޫގައި ފަށާފައިވާއިރު، މި ސިލްސިލާގައި ލޫސީ ފެންނާނީ ހަމައެކަނި ބަތަލާގެ ރޯލުންނެއް ނޫނެވެ. އޭނާއަކީ މި އުފެއްދުމުގެ ޑައިރެކްޓަރުވެސް މެއެވެ.

“ފެއަރވެލް ލެޓާސް” އަކީ ޖަރުމަނުގެ ލިޔުންތެރިއެއް ކަމަށްވާ ކާސްޓިން ގިއާގެ “ތާޓީން ސުއިސައިޑް ފެއަރވެލް ލެޓާސް” ނަމަކަށް ކިޔާ ނޮވެލްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ސިލްސިލާއެކެވެ. މި ސިލްސިލާގެ ވާހަކަ ބިނާވެފައިވަނީ ވަޒީފާއެއް ނެތް، އުމުރުން 30 އަހަރުގެ ގޭ ލީގެ މައްޗަށެވެ. ލޯބީގެ ގޮތުން ލިބުނު ފުން ހިތާމަތަކަކަށްފަހު އަމިއްލައަށް މަރުވާން ނިންމައި، އޭނާގެ އާއިލާއަށާއި، ރައްޓެހިންނަށާއި ކުރީގެ ލޯބިވެރިޔާއަށް ހިތުގެ ޝުއޫރުތައް ބަޔާންކޮށް 13 ވަދާއީ ސިޓީއެއް ފޮނުވައެވެ. ނަމަވެސް ކުއްލިއަކަށް ދިމާވި ހާދިސާއަކުން އޭނާގެ ފުރާނަ ސަލާމަތްވާއިރު، އެ ހުރިހާ ސިޓީތަކެއް ވަނީ ރައްދުވާ ފަރާތްތަކަށް ލިބިފައެވެ. މިއާއެކު، ދިިރިއުޅުމުގައި ކުރިމަތިވާ މަޖާ އަދި އުނދަގޫ ހާލަތްތަކާ ކުރިމަތިލަމުން އައު ދިރިއުޅުމެއް ފަށަން އޭނާއަށް މަޖުބޫރުވެއެވެ.

ފެއާވެލް ލެޓާސް ޓީމް

މި ޑްރާމާގެ މަސައްކަތް ފެށި ދުވަހު އޭގެ ކާސްޓް ރަސްމީކޮށް އިޢުލާނުކޮށްފައިވާއިރު، ލޫސީއާއެކު ކޮންގް ލިން، ރެން ބިން އަދި ލީ ލޭ މުހިންމު ރޯލުތަކުން ފެންނާނެއެވެ. މީގެ އިތުރުން ލީ މެންގް، ޔޫ ޔަންގް، ހޫ ޔީޝުއާން އަދި ޔަންގް ޖުންހާން ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެއެވެ.

މިވެސް ކިޔާލަން:  ޒާއޯ ލޫސީގެ އައު ސިންގަލް "ޑިފަރެންޓް ޝޭޑްސް އޮފް ރެޑް" ރިލީޒްކޮށްފި

ލޫސީ މި ޕްރޮޖެކްޓްގައި ބަތަލާގެ ރޯލާއި ޑައިރެކްޝަންގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރާނެއެވެ.

ކުރީގެ މެނޭޖްމަންޓާއެކު ޖެހުނު މައްސަލަތަކުގެ ތެރޭގައި 2024 ވަނަ އަހަރު “އަފޭޝިއާ” (ވާހަކަދެއްކުމަށް ހުރަސްއެޅޭ ބައްޔެއް) ތަހައްމަލުކުރަން ޖެހުނު މި ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ ވިލިއަމް ޗަންއާއެކު “ލަވްސް އެމްބިޝަން” ގެ ލީޑް ރޯލުންނެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top