ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު ވަގުތު އެންޓީއިން އެއްވަރުކޮށްފި
މަހިބަދޫ ޔޫތު ފުޓްބޯލް - އެފްބީ

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ، މަހިބަދޫ ޒުވާނުންގެ 23 ވަނަ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މި މުބާރާތުގެ ދެވަނަ މެޗު އިއްޔެ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ސްޕޯރޓިންގް އަޒިއޯން އާއި އެންޓީ ޔުނައިޓެޑް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަޒިއޯން އެވެ. މެޗުގެ 26 ވަނަ މިނިޓްގައި ސާދު ޢަބްދުލްއަޒީޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އާދަމް ނާއިލް އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ އެންޓީއިން ލަނޑެއް ޖެހުމުގެ ކުރިން އަޒިއޯންއިން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްލި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލެބް ހެފަޗާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިބްރާހިމް ސާތިރު އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި އެންޓީއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި ހާފުގައި ވެސް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައިވެ އެވެ. އެޓޭކަށް ބޮޑު އިސްކަމެއްދީގެން މި ހާފުގައި ކުޅުނު އެންޓީއިން، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 61 ވަނަ މިނިޓްގަ އެވެ. މި ލަނޑަކީ އެ ޓީމުން އުފެއްދި ހަމަލާއެއް ދިފާއުކުރަން މަސައްކަތްކުރި އަޒިއޯން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ލިބިފައިވާ ލީޑާއިއެކު މެޗު ނިންމާލުމަށް އަޒިއޯންއިން ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވީ، ބަދަލަކަށް ނުކުތް އިބްރާހިމް ޒިފާން މެޗުގެ ފަހު ވަގުތު އެންޓީއަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑުން ނެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އިބްރާހިމް އޮލަމެޑި ޖިމޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މިވެސް ކިޔާލަން:  ފުރަތަމަ މެޗުގައި ވެސް ޖިބިއްލީގެ ފެންވަރު ދައްކާލައިފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންޓީ ޔުނައިޓެޑްގެ އިބްރާހިމް އޮލަމެޑި ޖިމޯ އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ރަސްގެފާނުގެ ގޮތުގައި އޮތް ޖިބިއްލީ ސްޕޯރޓްސް ކުލަބާއި ޓީއެންޓީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top