ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފުރަތަމަ މެޗުގައި ވެސް ޖިބިއްލީގެ ފެންވަރު ދައްކާލައިފި
މަހިބަދޫ ޔޫތު ފުޓްބޯލް - އެފްބީ

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ، މަހިބަދޫ ޒުވާނުންގެ 23 ވަނަ ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވެސް، މުބާރާތުގެ ރަސްގެފާނު ޖިބިއްލީ ސްޕޯރޓްސް ކުލަބުން އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

މި މުބާރާތުގެ ތިންވަނަ މެޗު މިއަދު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ޖިބިއްލީ ސްޕޯރޓްސް ކުލަބާއި ޓީއެންޓީ އެވެ. ގުރޫޕް އޭގައި ހިމެނޭ ޓީއެންޓީ އާއި ޖިބިއްލީ މި މެޗަށް ނުކުތްއިރު، ޓީއެންޓީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ މި މެޗަކީ ޖިބިއްލީގެ ފުރަތަމަ މެޗެވެ.

މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޖިބިއްލީއިން މެޗުގެ ލީޑު ނެގީ ތިންވަނަ މިނިޓްގައި ޤާސިމް ސަމާމް ޖަހައިދިން ލަނޑުން ނެވެ. ސަމާމް މި ލަނޑު ޖަހާފައިވަނީ ހުސައިން ނިޔާޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ޓީއެންޓީއަށް ފުރުސަތެއް ނުދީ ޖިބިއްލީއިން ވަނީ 15 ވަނަ މިނިޓްގައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މުޙައްމަދު ޝާރިހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިބިއްލީއަށް މި ލަނޑު ޖަހައިދިނީ ޕްރިންސް ބޯޑޫ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޖިބިއްލީއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 33 ވަނަ މިނިޓްގައި ޤާސިމް ސަމާމް އެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ޖިބިއްލީއިން ނެވެ. ޕްރިންސް ބޯޑޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިބިއްލީގެ ހަތަރުވަނަ ލަނޑު ޖެހީ މުޙައްމަދު އަހަދުﷲ އެވެ. މި ލަނޑާއިއެކުހެން ޖިބިއްލީއިން ވަނީ ތިން ބަދަލު ގެނެސް ޒުވާން ތިން ކުޅުންތެރިން ކުޅެން ނެރެފަ އެވެ. ހަތަރުވަނަ ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ޖިބިއްލީއިން އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހި އެވެ. ބަދަލަކަށް ނުކުތް ނަހީކް އަޙްމަދު ނިޔާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިން މުޙައްމަދު ހާޖިދުއަކީ ވެސް ބަދަލަކަށް ނުކުތް ކުޅުންތެރިއެކެވެ. ޖިބިއްލީއިން އެ ޓީމުގެ ހަވަނަ ލަނޑު ޖެހީ 69 ވަނަ މިނިޓްގައި ޤާސިމް ސަމާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕްރިންސް ބޯޑޫ އެވެ.

މިވެސް ކިޔާލަން:  ފަހު ވަގުތު އެންޓީއިން އެއްވަރުކޮށްފި

6-0 އިން ޖިބިއްލީ މޮޅުވެ ފައިދާ ލަނޑުގެ ތަފާތުން ގުރޫޕް އޭގެ އެއްވަނައަށް ޖެހިލިއިރު، ގުރޫޕްގެ ދެވަނައިގައި އޮތް އަޒިއޯން ޖޫނިއާ އާއި ޖިބިއްލީ ވަނީ މި ގުރޫޕުން ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި ގުރޫޕްގެ އެއްވަނަ ލިބޭ ޓީމެއް އެނގޭނީ މި މަހުގެ 22 ވަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރާ މެޗަށްފަހު އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖިބިއްލީ ސްޕޯރޓްސް ކުލަބްގެ މުޙައްމަދު ޝާރިހް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top