ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދިރާސީ އާ އަހަރެއްގެ ފުރަތަމަ ހަފުތާތަކުގައި ފެނިދާނެ ހައިރާންކުރުވަނިވި ހަ ކަމެއް

ކިތަންމެ ގިނަ ދިރާސީ އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވީ ނަމަވެސް، ކޮންމެ އާ އަހަރަކާ ކުރިމަތިލާއިރު، ހަނދާނުން ކުލަވަރު ފޭދިފައިވާ ނުވަތަ އުންމީދު ނުކުރާ ކަންތައްތަކެއް ހުރެއެވެ. ބައެއް ފަހަރު “އާ ދަރިވަރުން މިފަދަ ގޮތަކަށް އުޅެފާނެ ކަމަށް އަހަރެން ހަނދާނެއް ނެތެވެ” މިފަދަ އިހުސާސެއް ކުރެވިދާނެއެވެ.

ޗުއްޓީގެ ދުވަސްތަކުގައި ކްލާސްރޫމުގެ އާދަކާދަތަކާއި ހަގީގަތްތަކާ އަހަރެމެން ތިބީ ނަފްސާނީ ގޮތުން ދުރުވެފައެވެ. އެހެންކަމުން ބައެއް ކަންކަން ހަނދާނުން ކުލަވަރު ފޭދި، އާ ދަރިވަރުންނަކީ މިދިޔަ ޖޫން ނުވަތަ މެއި މަހު އަހަރެމެން ދޫކޮށްލި ދަރިވަރުން ފަދަ ބައެއް ކަމަށް އަމިއްލައަށް ގަބޫލުކުރެވިފައި އޮވެދާނެއެވެ.

ކޮންމެ ދިރާސީ އަހަރަކީ އާ ފެށުމެއްކަމީ ތެދެކެވެ. ނަމަވެސް އޭގެ މާނައަކީ އަހަރެމެން މި ފަށަނީ މިދިޔަ އަހަރު ނިންމި ހިސާބަކުން ނޫނެވެ. އޭގެ ބަދަލުގައި އަހަރެމެން މި ފަށަނީ މިދިޔަ އަހަރުވެސް ފެށި ހިސާބުންނެވެ. ކިތަންމެ ތަޖުރިބާ ހުއްޓަސް، އާ ދަރިވަރުންގެ ފަރާތުން ހައިރާންކުރުވަނިވި ކަންތައްތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ދަރިވަރުންނާ ބައްދަލުކުރުމަށް ތައްޔާރުވާއިރު، މި ހައިރާންކަމުން ސަލާމަތްވެ، ކުރިމަތީގައި ހުރި ކަންކަމަށް ތައްޔާރުވުމަށްޓަކައި ވިސްނާލުން މުހިންމު ހަ ކަމެއް ތިރީގައި އެވަނީއެވެ.

1- ދަރިވަރުން ތިބޭނީ އަހަރެމެން ހީކުރާ ވަރަށްވުރެ ތުއްތުކޮށް އަދި ނުފަރިތަކޮށް:
އާ ދަރިވަރުންނަކީ މިދިޔަ އަހަރު އަހަރެމެން ކިޔަވައިދިން ދަރިވަރުންނަށްވުރެ ގާތްގަނޑަކަށް އެއް އަހަރު ހަގު ކުދިންކަން ހަނދާން ނެތިދާނެއެވެ. އެކުދިންގެ ފެނުމާއި އުޅުމުން ހައިރާންކަން ލިބުނު ނަމަވެސް، އެކުދިން ތިބޭނީ މިދިޔަ އަހަރުގެ ދަރިވަރުންވެސް ފެށިއިރު ތިބި ހިސާބުގައެވެ. އަހަރު ކުރިއަށްދާ ވަރަކަށް އެކުދިން ހެދިބޮޑުވެ، ހަރުދަނާވަމުންދާ މަންޒަރު އަހަރެމެންނަށް ފެންނާނެއެވެ.

މިވެސް ކިޔާލަން:  ޕައިލެޓަކު އޭނާގެ ޓީޗަރަކަށް ދިން ބޮޑު ސަޕްރައިޒް! - ވީޑިއޯ

2- އަހަރެމެން ހީކުރާ ވަރަށްވުރެ ބޮޑަށް ދަރިވަރުން ތިބޭނީ ކަންކަން ހަނދާން ނެތިފައި:
ބޮޑު ޗުއްޓީގައި ކަންތައްތައް ދިޔަ ގޮތަކުން، މިދިޔަ އަހަރު ދަސްކުރި ކަންކަން ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިފައި ނުވެދާނެއެވެ. ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު އެކުދިންނަށް އެނގޭ ބައެއް ކަންކަން އާ އަހަރު ފަށާއިރު ހަނދާނުގައި ނުހުރެދާނެއެވެ. އާ އެއްޗެއް އުނގަންނައިދިނުމުގެ ކުރިން، ކުރީގެ ފިލާވަޅުތައް މުރާޖައާކޮށް، ހަނދާން އާކޮށްދިނުމަކީ މުހިންމު ކަމެކެވެ.

3- އުނގެނުމަށް ދަރިވަރުން ތިބޭ ތައްޔާރީ މިންވަރު ތަފާތުވުން:
ދަރިވަރުން ޗުއްޓީ ހޭދަކުރި ގޮތުގެ ސަބަބުން، އެކުދިންގެ އުނގެނުމުގެ ފެންވަރު ހުންނާނީ އެކި މިންވަރުގައެވެ. ބައެއް ކުދިންނަކީ ޗުއްޓީގައިވެސް އުނގެނުމުގެ ތެރޭގައި އުޅުނު ކުދިންނަށް ވީއިރު، އަނެއްބައި ކުދިންނަށް އެކި ސަބަބުތަކާ ހުރެ އުނގެނުމާ ދުރުގައި ތިބެން ޖެހިދާނެއެވެ. ކާމިޔާބު ފެށުމަކަށްޓަކައި، ކޮންމެ ކުއްޖަކު ހުރި މިންވަރު ދެނެގަނެ، އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ބޭނުންތެރިއެވެ.

4- އާދަކާދަތަކަށް ހޭނުމަށް ހީކުރާ ވަރަށްވުރެ ގިނަ ދުވަސް ނެގުން:
ދިރާސީ އަހަރު ނިމުނުއިރު ކްލާސްރޫމުގެ އުސޫލުތަކަކީ ދަރިވަރުންނަށް ވަރަށް ފަސޭހަ ކަންކަމަށް ވެފައި އޮވެދާނެއެވެ. ނަމަވެސް އާ ދަރިވަރުންނަށް މި އުސޫލުތަކާއި އުންމީދުތައް ނޭނގިދާނެއެވެ. އެހެންކަމުން އަލުން އަސާސީ ކަންކަމުން ފަށައި، އުސޫލުތަކުގެ މުހިންމުކަން ކިޔައިދީ، އެކަންކަން ފަރިތަކުރުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. މީގެ އިތުރުން މުދައްރިސުންގެ ކެތްތެރިކަންވެސް މިކަމުގައި ބޭނުންވާނެއެވެ.

5- ދަރިވަރުން ތިބޭނީ އަހަރެމެން ހީކުރާ ވަރަށްވުރެ ބޮޑަށް ހާސްވެފައި:
މުދައްރިސަކީ ދަރިވަރުންނަށް ނޭނގޭ އާ ފަރާތެއްކަން އަހަރެމެން ހަނދާން ނެތިދާނެއެވެ. އެކުދިން ތިބޭނީ އާ މުދައްރިސާއެކު އުޅެންޖެހޭނެ ގޮތަކާމެދު ކަންބޮޑުވެފައެވެ. ބައެއް ކުދިން މި ހާސްކަން ފާޅުނުކުރި ނަމަވެސް، އަނެއްބައި ކުދިންގެ އުޅުމުންނާއި ސަމާލުކަން ކުޑަވުމުން މިކަން ފެނިދާނެއެވެ. އެހެންކަމުން، ކްލާސްރޫމަކީ އެކުދިންނަށް ރައްކާތެރި އަދި އެހީތެރި މާހައުލެއްކަން ޔަގީންކޮށްދިނުމަކީ މުހިންމު ކަމެކެވެ.

މިވެސް ކިޔާލަން:  ފަސްމަންޒަރު: ނަމޫނާ މުދައްރިސުންނަށްވެސް ނަމޫނާއެއް!

6- ދަރިވަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވާން ހީކުރާ ވަރަށްވުރެ ގިނަ ދުވަސް ނެގުން:
މިދިޔަ އަހަރު ނިމުނުއިރު ދަރިވަރުންނާ ދެމެދު އޮތީ ވަރުގަދަ ގުޅުމެކެވެ. ނަމަވެސް އާ ދަރިވަރުންނާ އެފަދަ ގުޅުމެއް އުފެދުމަށް ވަގުތު ބޭނުންވާނެއެވެ. ބައެއް ކުދިންނަކީ ބޮޑެތި މީހުންނާ ގުޅުން ބަދަހިކުރަން ޖެހިލުންވާ ކުދިންނަށް ވެދާނެއެވެ. އެކުދިންނާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތަކީ މުޅި އަހަރުގެ އުނގެނުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ދިރާސީ އާ އަހަރެއްގެ ފެށުމަކީ އުފާވެރި ވަގުތެކެވެ. ކުރިއަށް އޮތީ އާ ކަންކަން ހޯދުމާއި، ކުރިއެރުމުގެ ދުވަސްތަކެކެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ކޮންމެ އަހަރަކުވެސް ދަރިވަރުން އަންނާނީ ކުރީ އަހަރުގެ ކުދިން ނިންމި ހިސާބުން ނޫން ކަމެވެ. މި އާ ގްރޫޕާއެކު ކުރިއަށްދާނެ މަގު ހޯދުމަށް އަހަރެމެން އަމިއްލަ ނަފްސަށް ވަގުތާއި ފުރުސަތު ދޭންޖެހޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top