ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިމްތިޔާޒް އަލީގެ އާ ސީރީޒް “އޯ ސާތީ ރޭ” ގެ ޓްރެއިލާ ދައްކާލައިފި
ގޫގުލް

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އިމްތިޔާޒް އަލީ އުފައްދާފައިވާ އާ ރޮމޭންޓިކް ޑްރާމާ ސީރީޒް “އޯ ސާތީ ރޭ” ގެ ރަސްމީ ޓްރެއިލާ، މަޤުބޫލު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއިން ބުދަ ދުވަހު އާންމުކޮށްފިއެވެ. ޒަމާނީ ލޯބީގެ ގުޅުންތަކާއި އެފަދަ ގުޅުންތަކުން ވަކިވުމުގައި ކުރިމަތިވާ އުނދަގޫ އިޙުސާސްތައް ދައްކުވައިދޭ މި ސީރީޒްގެ މައިގަނޑު ތަރިންނަކީ އަވިނާޝް ތިވާރީ، އަރުޖުން ރާމްޕާލް އަދި އަދިތީ ރާއޯ ހައިދަރީއެވެ.

ޓްރެއިލާ ފެށިގެން އަންނަނީ ކަރަން (އަވިނާޝް) އާއި ރޯޝްނީ (އަދިތީ) ވަރިވުމުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވެ، އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ތިބޭ މަންޒަރުންނެވެ. އެއަށްފަހު، އެ ދެމީހުންގެ މާޒީގައި އެކަކު އަނެކަކުދެކެ ލޯބިވި ގޮތާއި، ދެމީހުންގެ ދެމެދުގައި އޮތް ފަންތީގެ ތަފާތުތަކުގެ ސަބަބުން ކަރަންގެ ހިތުގައި އުފެދުނު އުނދަގޫތަކުގެ ސަބަބުން ގުޅުން ހީނަރުވެގެން ދިޔަ ގޮތް ފެނިގެންދެއެވެ.

މީގެ އިތުރުން، ރޯޝްނީ އޭނާގެ ހަޔާތް އަލުން އާރާސްތުކުރަން މަސައްކަތްކުރަމުން ދަނިކޮށް، އޭނާ މަސައްކަތްކުރާ އޮފީހުގެ ސުޕަވައިޒަރު (އަރުޖުން ރާމްޕާލް) އާ ބައްދަލުވެއެވެ. އަދި އެ ދެމީހުންގެ ދެމެދުގައި ޖަޒުބާތީ ގުޅުމެއް އުފެދެމުންދާއިރު، މާޒީ މުޅިން ދޫކޮށްލުމަށާއި ހުރިހާ ކަމެއް ފުރިހަމަކުރަން އުޅުމުގެ ޕްރެޝަރުން އަރައިގަތުމަށް ރޯޝްނީ ކުރާ ހިތްދަތި މަސައްކަތްތައް ޓްރެއިލާއިން ދައްކުވައިދެއެވެ.

“ލައިލާ މަޖްނޫ” ގެ ޑައިރެކްޓަރު އާރިފް އަލީ ޑައިރެކްޓްކޮށްފައިވާ މި ސީރީޒަކީ އިމްތިޔާޒް އަލީއާއެކު ނިދީ ސެތިއާ އަދި އަމޯގް ކަނަސްކަރު ލިޔެފައިވާ ވާހަކައެކެވެ. މީގެ އިތުރުން ނިދީ ސެތިއާ ވަނީ ކްރިއޭޓިވް ޕްރޮޑިއުސަރެއްގެ ދައުރުވެސް އަދާކޮށްފައެވެ.

މިވެސް ކިޔާލަން:  އެކްޓަރެއްގެ ގޮތުން އަހަރެންނަށް ވަރަށް ބޮޑު އިސްކަމެއް ދެވުނު ކަމުގެ އިހުސާސްކުރެވޭ - ވޭދަންގް ރައިނާ

މި ސީރީޒްގެ އިތުރު ރޯލުތަކުން ވަރުން ތާކޫރު އަދި އަހްސާސް ޗަންނާ ފެނިގެންދާނެއެވެ. ސިނެމަޓޯގްރަފީ މުރަލީ ކްރިޝްނާ ތައްޔާރުކޮށްފައިވާއިރު، ޕްރޮޑަކްޝަން ޑިޒައިނަރަކީ ސުމަން ރޯއި މޮހަޕާތުރާއެވެ. އަދި މިއުޒިކް ތައްޔާރުކޮށްފައިވަނީ އިޝާން ޗަބްރާއެވެ.

ނެޓްފްލިކްސްއިން ކާމިޔާބު ދެ ސީޒަނެއް ގެނެސްދިން “ޝީ” އަށްފަހު، މިއީ އިމްތިޔާޒް އަލީ އެ ޕްލެޓްފޯމާ ގުޅިގެން ގެނެސްދޭ ދެވަނަ ޕްރޮޖެކްޓެވެ. “އޯ ސާތީ ރޭ” ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ތާރީޚަކީ ޕާކިސްތާނުގެ އިންތިޒާރުކުރެވެމުންދާ ސީރީޒް “ޖޯ ބަޗޭ ހޭ ސަންގް ސަމޭޓް ލޯ” ވެސް ރިލީޒްކުރާ ދުވަހެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top