ރާއްޖޭގެ އެންމެ މަޤްބޫލު ޓީވީ ޗެނަލް ’ރާއްޖެ ޓީވީން‘ ޖުމްހޫރީ ދުވަހަށް ޚާއްސަކޮށްގެން މުޅިން އައު ޤައުމީ ލަވަތަކެއް އުފައްދަން ފަށައިފި އެވެ.
ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ޑައިރެކްޓްކުރާ މި ލަވަތަކާއިމެދު ބުނީ ލަވަތައް ވެގެން ދާނީ ރާއްޖެ ޓީވީން އެކިއެކި މުނާސަބާތަކާއި ގުޅިގެން އުފައްދާ ލަވަތައް ފަދަ ތަފާތު އުފެއްދުމަކަށް ކަމަށެވެ.
ރާއްޖެ ޓީވީން އުފައްދަމުން އަންނަ ލަވަތަކުގެ ތެރެއިން އެއް ލަވައިގެ ވީޑިއޯ ޝޫޓްކޮށް ނިމިފައިވާ ކަމަށާއި ބައެއް ލަވަތަކުގެ އޯޑިއޯގެ މަސައްކަތް ވެސް ނިމިފައިވާކަން އާމިރު ފާހަގަކުރި އެވެ.
މިވަގުތު ކުރި އަށް ދަނީ ލަވަތަކުގެ ޕްރީ ޕްރޮޑްކްޝަންގެ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް ވީޑިއޯ ނިންމާފައިވާ ލަވަ ނަގައިފައިވަނީ ކ. ދިއްފުށީގައެވެ.
މި ޚާއްސަ ލަވަތަކުގައި ރާއްޖޭ ޓީވީގެ ބައެއް މުވައްޒަފުން ހަރަކާތްތެރި ވާނެކަމަށް ރާއްޖެ ޓީވީން ބުނެއެވެ. މި ލަވަތަކުގެ މިއުޒިކާއި ލަވަތައް ކިޔާފައި ވަނީ މިވަގުތު ރާއްޖޭގައި ތިބި މަޝްހޫރު މިއުޒީޝަނުންނެވެ.
މި ލަވަތަކުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރާއްޖެ ޓީވީން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




