މާލެއިން ގަސްކާނާ ހިފައިގެން ކ. ކާށިދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް މާލެ އަތޮޅު ގާފަރު ކައިރިން ބަންޑުން ޖަހާލައިފިއެވެ.
“ގެޓަނޯ 2” ނަމަކަށް ކިޔާ މިދޯނި ބަންޑުން ޖަހައިލި ވަގުތު އެދޯނީގައި ހަތަރު ބިދޭސީންނާއި، ދިވެއްސަކު ތިބިކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދެއެވެ. އެމީހުން މިހާރު ގާފަރުގެ ލޯންޗަކުން ގާފަރަށް ގެންގޮސް ހެލްތް ސެންޓަރުގައި ފަރުވާދެމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ޙާދިސާގެ މަޢުލޫމާތު އެމް.އެން.ޑީއެފަށް ލިބުނީ މިއަދު މެންދުރު 14:33 ގައިކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. ގާފަރު ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލުމާގުޅިގެން، އެ ސަރަޙައްދުގައި އެމް.އެން.ޑީ.އެފްގެ މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާއިރު، ދޯނީގައި ތިބި މީހުން މިހާރު ތިބީ ފަރުމަތީގައިކަމަށާއި، ގާފަރު ކައުންސިލްގެ ފަރާތުން އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެމް.އެން.ޑީ.އެފުން ބުނެއެވެ.
މާލެއިން ކ. ކާށިދޫއަށް ދަތުރުކުރަމުންދަނިކޮށް ގާފަރު ކައިރިއަށް ބަންޑުން ޖަހާލި “ގެޓަނޯ 2” ދޯނީގެ ދިގުމިނުގައި 85 ފޫޓް ހުރެއެވެ.
