ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުމާގެ ވަދާޢީ ވީޑިއޯ ލަވަ ދައްކައިފި

މަޝްހޫރު ފިލްމީތަރި ނިޢުމާ މުޙައްމަދު ކެމެރާ ކުރިމަތިން ނިވައިވުމުގެ ކުރިން ފެންނާނެ އެންމެ ފަހު ވީޑިއޯ ލަވަ ދައްކައިފި އެވެ.

 

މި ލަވަ ދެއްކީ އައިސް ޓީވީގެ އެންމެ މަޤްބޫލު އެއް ޝޯވ “ވަރަށް ވާހަކަ”އިގެ 2018 ވަނަ އަހަރުގެ އެންމެ ފަހު ޝޯވ “ނިވައިރޯޅި ސްޕެޝަލް” އެޕިސޯޑްގެ ތެރެއިން އައު އަހަރުގެ ކައުންޓްޑައުން އަށްފަހު 00:00 ގައެވެ.

 

ނިއުޒޯ ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ “ސިހުރު ފަދަ ވި ކަމަނާ” ލަވަ ޑައިރެކްޓްކޮށް އެޑިޓްކޮށްފައި ވަނީ ރަވީ އާއި ރިޝްމީ އެވެ. ކެމެރާކުރީ އިބްރާހިމް ވިޝާން (ކަނޑި) އެވެ. ލަވަ ކިޔާފައިވަނީ މީރާ އެވެ.

 

“ނައިރޯޅި” އާއި ގުޅުވާލާފައިވާ މި ލަވައާއިމެދު ލަވައިގެ ފަންނާނު ނިޢުމާ އާއި ޑައިރެކްޓަރުން ގިނަ ވާހަކަތަކެއް ދެއްކިއެވެ. ރިޝްމީ ބުނީ މިހާ ގިނަދުވަސް ހޭދަކޮށްގެން މީގެ ކުރިން ލަވައެއް ނެގުމުގައި އޭނާ ހަރަކާތްތެރި ނުވާކަމަށެވެ. އެގޮތުން މި ލަވައިގެ ޝޫޓިން އަށް 10 ދުވަސް ހޭދަވިކަމަށް ރިޝްމީ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top