ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ “ކަނޑު އިބިލީސް” ފެބްރުއަރީ އެކެއްގައި މާލޭގައި ޕްރިމިއަރ ކުރަން ނިންމައިފި އެވެ.
ކުޑަކުދިންގެ ފިލްމު “ކަނޑު އިބިލީސް”ގެ ޓިކެޓް މި މަހު 15 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޓީމުން މަޢުލޫމާތު ދެއެވެ.
“ކަނޑު އިބިލީސް”ގެ ރަތްދޫލަ ހަފްލާއެއް ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ވަނީ ޕްރިމިއާކޮށްފައެވެ. އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. ފިލްމުގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
“ކަނޑު އިބިލީސް” އަކީ ކޮޕީ އިއްސެ، ޒިޔާގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާއެވެ.
