ބޭރު ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް މަސްހުނިކޮށްގެން ވާހަކަ ދެއްކުމާއި ލިޔެއުޅުމަކީ މިއަދު ދިވެހި މުޖުތަމައިން އާއްމުކޮށް ފެންނަމުންދާ ކަމެކެވެ. ދިވެހީންގެ މާދަރީ ބަހުން ބުނެވޭން އޮންނަ ލަފުޒުތައް ބޭނުން ނުކޮށް އިނގިރޭސި ބަސް ނުވަތަ އެހެންވެސް ބޭރު ބަހަކުން ބޭނުންކޮށް އުޅުން މިއަދު އެއީ އާއްމު ކަމެކެވެ.
ނަމަވެސް ބޭރު ބަހަކުން ބުނުމުގެ ބަދަލުގައި ދިވެހީންގެ މާދަރީ ބަހުން ބުނެވޭން ހުންނަ ލަފުޒުތައް ބޭނުންކޮށް އުޅުން އާދައަކަށް ހަދާން އެބަޖެހެއެވެ. ދިވެހިބަހާއި ޤައުމިއްޔަތުގެ ޙައްޤު ގައެވެ.
މިއީ އަލަށް ތަޢާރަފުކުރާ ލަފުޒުތަކާއި އާއްމުކޮށް އެނގިފައިނުވާ، ބޭރު ބަސްބަހުން ބޭނުންކުރި ނަމަވެސް އެއަށް ދިވެހި ލަފުޒު ހެދިފައި ހުންނަ ލަފުޒުތަކާއި އެފަދަ ލަފުޒުތައް ބޭނުންކުރާނެ ގޮތް ގެނެސްދިނުމަށް މުނިއަވަސް އިން ފަށާ ސިލްސިލާއެކެވެ. އެގޮތުން މި ބައިގައި އާއްމުކުރަމުން ގެންދާނީ ދިވެހިބަހުގެ އެކެޑަމީން ނެރެމުން އަންނަ ބަސްކާޑުތަކާއި ބަސްތޫރަ ތަކެވެ.
- އަރަދުކުށި
- ވުނޭރު
- ވުނަ
- އަރަދު
- ވުނަކުރުން
- މާހަރާކަން






