މި މަހު 12 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ނިންމާފައިވާ ފިލްމު “ދައުވަތު”ން ފެނިގެންދާނީ ހަގީގީ ހާދިސާއެއްކަން އެނގޭހެއްޔެވެ؟ އާނއެކެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވަރަށްވެސް އިބްރަތްތެރި ފިލްމެކެވެ.

ފިލްމު “ދައުވަތު” މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގައި ދިޔަ ހާދިސާއެކެވެ. އެތައް އުންމީދުތަކަކާއެކު އުފާވެރި ޖަވާޒީ ހަޔާތަކަށް އެދި ކައިވެނިކުރި ދެމަފިިރިއެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ހާދިސާއެއް މި ފިލްމުން ފެނިގެންދާނެ އެވެ. “ދައުވަތު” މި ފިލްމުގައި މި ހާދިސާ ވަރަށް ފުރިހަމައަށް ބެލުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.

މިހާރު އޮލިމްޕަހުން ޓިކެޓް ވިއްކަމުންދާ މި ފިލްމުގައި ދައްކުވައިދޭނީ ލޯބި ހާސިލު ކުރަން ސިހުރުހާހޫރަ ފަދަ ކަންކަން ކުރުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެކެވެ.

ފިލްމު ”ދަޢުވަތު“ އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ ”ނަފުރަތުވުމުން“ ގެ ވެސް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އާމިނަތު ޒިޔާދާ ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.

“ދައުވަތު” މި ފިލްމުގައި ދައްކުވައިދޭނީ އެފަދަ ހާދިސާއެކެވެ. އިބްރަތުން ފުރިގެންވާ ހަގީގީ ހާދިސާއެކެވެ. ކޮންމެ މީހަކަށްވެސް އެނގެންޖެހޭ އެތައް ވާހަކަތަކެއް މި ފިލްމުން ބުނެދޭނެއެވެ. “ދައުވަތު ބަލާލަންޖެހޭ ފުރަތަމަ ސަބަބަކީ އެއީއެވެ.

“ދައުވަތު” މިނަމުގައި ވީމީޑިއާއިން ގެނެސްދޭ މި ފިލްމުގައި ސިހުރުޖެހެން ދިމާވާ ކަންކަންވެސް ދައްކުވައިދޭނެއެވެ. އެހެންކަމުން އެފަދަ ކަންކަމުން ކުރިއަށްއޮތްތާ ދުރުވުމަށްވެސް މިއީ ބަލާލުން މުހިންމު ފިލްމެވެ. “ދައުވަތު”އިން ދޭނެ މެސެޖަކީ ސިހުރުގެ ނުރައްކާތެރިކަމެވެ. އެ ފާފައިގެ ބޮޑުކަމެވެ. އެ ނުބައި އަމަލުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކެވެ. ސިހުރުގެ ސަބަބުން ތަހަންމަލުކުރަންޖެހޭ ވޭނެވެ. އަދި ސިހުރުން ދުރުވުމަށް ކުރަންޖެހޭ ކަންކަމެވެ. އެފަދަ ޝައިތާނުންގެ ނުބައިކަމުން ސަލާމަތްވުމަށް ތިމާއަށް ކުރެވޭނެ ކަންކަމެވެ. އެޅޭނެ ފިޔަވަޅެވެ.

ބޮޑު ދިރާސާއަކާއެކު ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ޔޫސުފް ޝަފީއު ލިޔެފައިވާ މި ފިލްމުގައި ދައްކުވައިދެނީ އަލަތު ކައިވެނީގެ އުފާ ހޯދުމަށް ކުރާ “ހަނީމޫނު”ދަތުރުގައި ދެމަފިރިއަކަށް ކުރިމަތިވާ ހާދިސާއެކެވެ. އެ ދަތުރުގައި އެމީހުންނަށް ކުރިމަތިލާންޖެހޭ ބިރުވެރި އެތައް ހާދިސާތަކެކެވެ. މި ހާދިސާތަކުގެ ފެށުމަކީ ސިހުރެވެ. އަދި ސިހުރުޖެހުމަށް މަގުފަހިވާ ކަންކަމެވެ.

މި ފިލްމު ޑައިރެކްޓުކޯށްފައިވަނީ ކުޅަދާނަ އެކްޓަރ/ޑައިރެކްޓަރު އަދި ވީމީޑިއާގެ ޕްރޮގްރާމް ކޯޑިނޭޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

“ދައުވަތު”ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓް މިހާރު އޮލިންޕަހުން ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

މަޢުލޫމާތު ނެގީ: ވީނިއުސް އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.