ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަޝިޔާގެ ރައީސް ޕުޓިންއާ ބައްދަލުކުރި އިންޑިއާގެ “އޭއައި ކުއްޖާ” ރައުލް ޖޯން އަޖޫ އަކީ ކާކު؟

އުމުރުން އެންމެ 16 އަހަރުގައި އަމިއްލަ ސްޓާޓްއަޕެއް އުފައްދައި، ދާދިފަހުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި އެ ގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކޮށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދާފައިވާ އިންޑިއާގެ ޒުވާން ވިސްނުންތެރިޔާ ރައުލް ޖޯން އަޖޫ އަކީ މިހާރު ޓެކްނޮލޮޖީގެ ދާއިރާގައި ގިނަ ބައެއްގެ މެދުގައި ވާހަކަދެކެވެމުން އަންނަ ނަމެކެވެ. އިންޑިއާގެ މީޑިއާތަކުގައި އޭނާއަށް ނިސްބަތްކޮށް “އޭއައި ކިޑް” (އާޓިފިޝަލް އިންޓެލިޖެންސްގެ ކުއްޖާ) ގެ ނަމުން ވެސް ދަނީ މުޚާތަބު ކުރަމުންނެވެ.

ރައުލްގެ ޓެކްނޮލޮޖީގެ ދަތުރު ފެށުނީ ވަރަށް ތުއްތު އިރުއެވެ. އުމުރުން އެންމެ 9 އަހަރުގައި އޭނާ ވަނީ އަމިއްލައަށް ވީޑިއޯ އުފައްދަން ފަށައިފައެވެ. އަދި އޭގެ ފަހުން، އުމުރުން 12 އަހަރުގައި އަމިއްލަ ވިސްނުމުގައި ރޮބޮޓެއް ހަދައި، އެ ދާއިރާއަށް އޭނާގެ ހުރި ޚާއްސަ ހުނަރާއި ޝައުގުވެރިކަން ސާބިތުކޮށްދިނެވެ.

އުމުރުން 16 އަހަރަށް އެޅުނުއިރު ރައުލް މިވަނީ އަމިއްލަ ޓެކް ކުންފުންޏެއް އުފައްދައި، ކާމިޔާބު ފައުންޑަރަކަށް ވެފައެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ދުނިޔެއަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކަށް ޒަމާނީ ހައްލުތައް ހޯދައިދިނުމަށެވެ.

ރައުލްއަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައީ މޮސްކޯގައި ބޭއްވުނު ޚާއްސަ ޓެކްނޮލޮޖީ ފޯރަމެއްގެ ތެރެއިން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރުމުގެ ފުރުސަތު ލިބުމުންނެވެ. މި ބައްދަލުވުމުގައި ޒުވާން ޖީލުތަކުން ޓެކްނޮލޮޖީގެ ރޮނގުން ހޯދަމުންދާ ކުރިއެރުންތަކާއި، އޭއައިގެ މުސްތަގުބަލާ ގުޅޭގޮތުން ރައުލް ވަނީ ވާހަކަދައްކައި، އޭނާގެ ތަސައްވުރު ހާމަކޮށްފައެވެ. މި ބައްދަލުވުމާއެކު، އޭނާ ވެގެން ގޮސްފައިވަނީ އެހާ ޅަ އުމުރެއްގައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރާ ބައްދަލުކުރި މަދު ޒުވާނުންގެ ތެރެއިން އެކަކަށެވެ.

ރައުލް ޖޯން އަޖޫގެ މި ކާމިޔާބީއަކީ މުޅި ދެކުނު އޭޝިއާގެ އިތުރުން މުޅި ދުނިޔޭގެ ޒުވާނުންނަށް ވެސް އާޓިފިޝަލް އިންޓެލިޖެންސް އަދި އައު އީޖާދުތަކުގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top