އެެމެރިކާގެ “ލުއިސްވިލް އެއާޕޯޓް”ގެ ނަން “މުޙައްމަދު ޢަލީ އިންޓަނޭޝަނަލް އެއާޕޯޓް”ގެ ނަމަށް ބަދަލުކުރަން ނިންމައިފި އެވެ.
ލުއިސްވިލް އެއާޕޯޓްގެ ނަން “މުޙައްމަދު ޢަލީ އިންޓަނޭޝަނަލް އެއާޕޯޓް”ގެ ނަމަށް ބަދަލުކުރަނީ ކުރީގެ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރި މަރްހޫމް މުހައްމަދު އަލީ (މައިކް ޓައިސަން)ގެ ހަނދާނުގައެވެ. މުހައްމަދު އަލީ އަށް ބީބީސީން ވަނީ ގަރުނުގެ ކުޅިވަރުގެ ސަޚްސިއްޔަތުގެ އެވޯޑްވެސް ދީފައެވެ.
މިއީ 2016 ވަނަ އަހަރު ނިޔާވި މުޙައްމަދު ޢަލީގެ ގަތްވަޅު، ކެންޓަކީ އަވަށުގައި އޮންނަ “ލުއިސްވިލް ރީޖަނަލް އެއާޕޯޓް އޮތޯރިޓީ”ގެ ބޯޑުން މިދިޔަ ބުދަދުވަހު ނެގި ވޯޓަކުން ނިންމި ނިންމުމެކެވެ. މިއަދަކީ މުޙައްމަދު ޢަލީ އުފަންވިތާ 77 އަހަރު ފުރުނު ތާރީޚީ ދުވަސްވެސް މެއެވެ.
އެއާޕޯޓުގެ ބޯޑުން ނެރުނު ނޫސްބަޔާނާމެދު މުޙައްމަދު ޢަލީގެ ހުވަފަތް އަނބިމީހާ ލޯނީ އަލީ ބުނީ އެގޮތަށް ނަން ބަދަލުކުރާތީ ފަޚުރުވެރިވާ ކަމަށެވެ. އޭނާ ބުނީ މުޙައްމަދު ޢަލީ އަކީ “މުޅި ދުނިޔެއަށް ނިސްބަތްވާ ރައްޔިތެއް” ނަމަވެސް، އޭނާގެ ގަތްވަޅު މަތިން ދުވަހަކުވެސް ހަނދާން ނައްތައިނުލާ ކަމަށެވެ.
ލުއިސްވިލްގެ މޭޔަރު ގްރެގް ފިޝަރ ބުނީ ލުއިސްވިލްގެ ނަމުން އެ އެއާޕޯޓަށް ނަން ކިޔުމަށްވުރެން މުޙައްމަދު އަލީގެ ނަން ހަނދާންކުރުމަށް އެ ނަން ކިޔުން މާ ރަނގަޅުކަމަށެވެ.
އެއާޕޯޓްގެ ބޯޑުން ބުނީ ބޯޑުން އެ ނަން ފާސްކުރުމަށް ނިންމީ ‘ވޯރކިންގ ގްރޫޕަކުން’ އެ އެއާޕޯޓްގެ ނަން ބަދަލުކުރުމާމެދު ދިރާސާތައް ކުރަމުން އަންނަތާ އަހަރަކަށްވުރެން ގިނަދުވަސް ވެފައި ވަނިކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!