މާލޭ މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ނާޒުކު ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 7:05 ހާއިރު މަސްމާރުކޭޓު ކައިރީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި އެ ކުއްޖާގެ ސައިކަލު ޖެހިގެން ކަމަށެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
“ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ،” ފުލުހުން ބުންޏެވެ.
މި އެކްސިޓެންޓް ހިނގިފަހުން ނަގާފައިވާ ވީޑިއޯއެއް މުނިއަވަސް އަށް ލިބިފައި ވެއެވެ. މުނިއަވަސް އަށް ލިބިފައިވާ ވީޑިއޯ އިން ފެންނަގޮތުން ހޭވެރިކަން ނެތިފައި އޮތް ކުއްޖާ ޕިކަޕަކަށް ލާއިރު އެކުއްޖާގެ ގައިން ލޭ އޮހޮރެމުން ދެއެވެ.
މުދަލާ އެކު ޕާކްކޮށްފައި އޮތް ބޮޑު ޕިކަޕުގައި ޖެހުނު އެއާބްލޭޑް ސައިކަލްގެ ހުންގާނު ވަނީ ފުނޑުފުނޑުވެފަ އެވެ.
މިއަދު ހިނގި މި ނުރައްކާތެރި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 8 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު“ލޯބިން” އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟