ދަރިން ހެލިފެލިވެ އުޅުން މަދުވުމަކީ ވަރަށް ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ. މިއީ ބައެއް ބެލެނިވެރިންނަށް ހައްލެއް ހޯދިފައިނުވާ ބޮޑު މައްސަލައެކެވެ. ނަމަވެސް އިސްކޫލެއްގެ ޕްރިންސިޕަލް މިވަނީ މިކަމަށް، ވަރަށް އުފެއްދުންތެރި ހައްލެއް ހޯދާފައެވެ.
އުތުރު ޗައިނާގެ ޒީ ގުއާން ޕްރައިމަރީ ސްކޫލުގެ ހެޑްމާސްޓަރ ހަންގް ޕޮންފެއި (40އ)، ނިންމީ ކޮންމެ ދުވަހަކުވެސް އިސްކޫލުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަސްރަތު ޕްރޮގްރާމާއިމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައި އޭނާގެ ދަރިވަރުންނަށް ޒަމާނީ ގޮތްތަކެއް ބޭނުންކޮށްގެން ކަސްރަތު ލިއްބައިދޭގޮތް ހެދުމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެންމެ ޒަމާނީ ނެށުން ދަސްކޮށްދޭން ނިންމިއެވެ.
ޕްރިންސިޕަލް އިސްވެ ހުންނަވައިގެން 700 ވަރަކަށް ދަރިވަރުންނާއެކު ކޮންމެ ދުވަހެއްގެވެސް އިންޓޯލު ގަޑީގައި 30 މިނެޓް ހޭދަކުރަން ފެށީ ނެށުމުގައެވެ.
ޕްރިންސިޕަލް، އޭނާގެ ދަރިވަރުންނާއެކު ނަށާފައިވާ ވީޑިއޯއެއް މީސް މީޑިއާއަށް ލުމާއެކު ވައިރަލްވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!