ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާދަރީބަހުގެ ދުވަހަށް ޚާއްސަ ހޭޝްޓެގް #ވެހިބަސް

މި އަހަރުގެ މާދަރީބަހުގެ ދުވަހާ ގުޅިގެން ބޭނުންކުރާނެ މައިގަނޑު ހޭޝްޓެގެއްގެ ގޮތުގައި ދިވެހި ބަހުގެ އެކެޑަމީއިން #ވެހިބަސް ތަޢާރަފް ކުރައްވައިފިއެވެ.

 

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މާދަރީބަހުގެ ދުވަހަށް  ޖުމްލަ ހަތް ހޭޝްޓެގް ތަޢާރަފް ކުރައްވައިފައިވާނެ ކަމަށެވެ. އެގޮތުން ރަސްމީ ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ނިންމަވައިފައިވަނީ #މާދަރީބަހުގެދުވަސް2019 މި ޓެގެވެ. މައިޓެގެއްގެ ގޮތުގައި މިއަހަރު ބޭނުން ކުރެއްވުމަށް އެކެޑަމީން ނިންމަވާފައިވަނީ #ވެހިބަސް މި ޓެގެވެ. ދިވެހި ބަހުރުވަތަކަށް ޚާއްސަ ފަސް ޓެގެއްވެސް އެކެޑަމީން ވަނީ ތަޢާރަފް ކުރައްވައިފައެވެ. އެއީ  #ރަށިބަސް #ރަށިބަހަ #ރަޓުބަހަ #ރަށުބަހަ #ރަށުބަސް މި ފަސް ޓެގެވެ.

 

މި ޓެގުތަކުގެ ތެރެއިން އެ ބަޔަކު ނިސްބަތްވާ ސަރަޙައްދަށް ޚާއްސަ ޓެގު ބޭނުން ކުރައްވައިގެން އެކެޑަމީއަށް ޓްވީޓު ކުރެއްވުމަށް އެކެޑަމީގެ ރައީސް އެދިވަޑައިގެންނެވިއެވެ. އެކެޑަމީގެ ޓްވިޓަރ އެކައުންޓަކީ DhivehiEkedamee@ އެވެ.

 

ޓްވީޓް ކުރައްވާއިރު އެސަރަޙައްދަކަށް ނުވަތަ އެރަށަކަށް ޚާއްސަ ކަންކަމާއި، ބަހުރުވައިގެ ޚާއްސަ ލަފުޒުތަކާއި ޢާއިލީ ނަންނަމާއި، ދިވެހި ބޭސްވެރިކަމާއި، ނަކަތްތެރިކަމާއި، ފަންޑިތަވެރިކަމާއި މަސައްކަތްތެރިކަން ފަދަ ސަޤާފީ މާނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ވެހިކަންކަމުގެ ކަންކަން ޙިއްސާ ކުރައްވަމުން ގެންދެވުމަށް އެކެޑަމީން އެދިވަޑައިގެންނެވިއެވެ.

 

ޔުނެސްކޯއިން ވަނީ މި ހިނގާ 2019 ވަނަ އަހަރު ވެހި ބަސްބަހުގެ އަހަރުގެ ގޮތުގައި ޚާއްސަ ކުރައްވައިފައެވެ.

 

އެކެޑަމީން ވިދާޅުވެފައިވަނީ ވެހި ބަސްބަހަކީ މާނަވީތަރިކައިގެ މުހިންމު ބަހާއެއް ކަމުގައެވެ. މިއަހަރުގެ މާދަރީބަހުގެ ޝިޢާރެއްގެ ގޮތުގައި ޔުނެސްކޯއިން ހަމަޖައްސަވައިފައިވަނީ “ތަރައްޤީއަށާއި އަމަންއަމާންކަން ޤާއިމް ކުރުމަށާއި ސުލްޙައަށްޓަކައި ވެހި ބަސްބަސް ވަރަށް މުހިންމު” މި ޝިޢާރެވެ.

 

ދުނިޔޭގެ މާދަރީބަހުގެ ދުވަހަކީ ފެބުރުއަރީ 21 ވަނަ ދުވަހެވެ. ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ ގޮތުގައި އެދުވަސް ފާހަގަކުރަން ޔުނެސްކޯއިން ނިންމެވީ 1999 ވަނަ އަހަރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Maahil7 އަހަރު ކުރިން

Salhi obinex to the max e bunanvee

Fahym7 އަހަރު ކުރިން

އަޅޭދެން

Penny7 އަހަރު ކުރިން

ސަޅި ކަމެއް ތެޔޯ

Home
Menu
Search
Back to top