ދުނިޔޭގެ ހަތްއަޖައިބަކީ ކޮބައިކަން ކަނޑައަޅައި، އެތަންތަނަށް ނަންދީފައިވަނީ މާއަވަހަށް ކަމަށްވެސް ވެދާނެއެވެ. އަޖައިބުތަކުގެ ތެރެއިން ‘ގްރޭންޑް ކެންޔޮން’ އާއި “ވިކްޓޯރިއާ ފޯލްސް” ފަދަ ތަންތަނަކީ ބޮޑެތި އަޖައިބުތައް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެފަދަ ތަނެއް ފެނުމުން ހަމަ ކޮންމެ މީހެއްގެވެސް ތަލިން ކުޅުހިކި ހައިރާންވެ، އަންތަރީސްވާނެ އެވެ.

ނަމަވެސް ކޮންމެ އަޖައިބަކީ މާސިންގާ، ބިޔަ ބޮޑުތަނަކަށް ވުމަކީވެސް ލާޒިމު ކަމެއް ނޫނެވެ. އަޖައިބުވެ އަންތަރީސް ކުރުވާފަދަ އެތަކެއް ތަނެއް ދުނިޔޭގައި އެބަހުއްޓެވެ. ސައިންސްވެރީންނަށް ވެސް އެފަދަ ބައެއް ތަންތަނުގެ އަސްލާއި ހަމައަށް ދެވިފައިނުވާ އެތައް ތަނެކެވެ. އާއްމުކޮށް އެނގިފައިނުވާ އެތައް ތަނެކެވެ. ދުނިޔޭގައި ހުރެދާނެ ކަމަށް ޤާބޫލުކުރަންވެސް ދަތި އެތައް ތަނެކެވެ. އެފަދަ ތަންތަނުގެ ޙަޤީޤަތް ދެނެގަތުމަށް ކެނޑިނޭޅި، ރެއާއި ދުވާލު ސައިންސްވެރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސައިންސްގެ ގަވާއިދުތަކާއި ހެކިތައް މުގުރާލާފައިވާ އެތައް ތަނެއްވެސް ދުނިޔޭގައި އެބަހުއްޓެވެ. އެގޮތުން މި ގެނެސްދެނީ އެފަދަ 10 ތަނެއްގެ މަޢުލޫމާތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.