މިނިސްޓްރީ އޮފް އާޓްސް ކަލްޗާ ހެރިޓޭޖާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ އެކިއެކި މުއައްސަސާ ތަކާއި ގުޅުންހުރި ހުރިހައި ފަންނެއްގެ ބޭފުޅުންނަށް ސިލްސިލާކޮށް ބާއްވަވަމުން ގެންދަވާ ފޯރަމް ތަކުގެ ދަށުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާާއިރާގެ ބޭފުޅުންނަށް ބާއްވާ ފޯރަމް ފެބްރުއަރީ 14 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ލިޔުންތެރީންނާއި ޅެންވެރީންނާއި ވާހަކަދެއްކުންތެރީންނަށް އަމާޒުކޮށްގެން ބާއްވާ މި ފޯރަމްގެ ދަޢުވަތު މިނިސްޓްރީން ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އާއްމުކޮށްފައެވެ. އެ ދަޢުވަތުގައި ބުނީ ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްޕުޅު ކުރައްވާ ޅެންވެރީންނާއި ،ލިޔުންތެރީންނާއި ،ވާހަކަދެއްކުންތެރީންނާ ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމަށްޓަކައި ބާއްވާ ޚާއްޞަ ފޯރަމުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު އަލްފާޟިލާ ޔުމްނާ މައުމޫނު ދައުވަތު އަރުވާ ކަމަށެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 14 ވަނަ ދުވަހުގެ ރޭ 08:45 ގައި ނޭޝަނަލް އާޓްގެލެރީގައެވެ.
މީގެ ކުރިން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ ހެރިޓޭޖުން ވަނީ ފިލްމީ، މިއުޒިކީ، އާޓްސް ދާއިރާގައި މަސައްކަތްކުރައްވާ ފަންނާނުންނަށް ޚާއްޞަ ފޯރަމްތަކެއް ބާއްވާފައެވެ. އެ ފޯރަމްތަކުގައި ފަންނުވެރީން ހުށައެޅުއްވި ކަންތައްތައް ކުރެއްވުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!



