މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނޫސްވެރިކަމުގެ އިނާމަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ބުރާސްފަތި ދުވަހު އެމްއެމްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2018 ފެބުރުވަރީ 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވައިލައިފައި ވާއިރު، މުއްދަތު ހަމަވާނީ މާރިޗް 14 އަށް ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

(ހ) އިޖުތިމާއީ ދާއިރާ
(ށ) ސިޔާސީ ދާއިރާ
(ނ) ޝަރުއީ އަދި ޤާނޫނީ ދާއިރާ
(ރ) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
(ބ) ކުޅިވަރުގެ ދާއިރާ
(ޅ) ފޮޓޯގްރަފީގެ ދާއިރާ
(ކ) ވީޑިއޯގްރަފީގެ ދާއިރާ
(އ) ފީޗަރ ދާއިރާ
(ވ) އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު

މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމުތައް ހިމެނެއެވެ. މި އިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު އަދި ނޫސްވެރިކަމުގެ ޚާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ތިން ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، “މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު” އަދި “މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމު ދޭނެ އުސޫލު” މޯލްޑިވްސް މިޑިއާ ކައުންސިލުން މިއަދު ވަނީ އާއްމުކޮށްފަ އެވެ.

މީޑިއާ ކައުންސިލުން ބުނީ “ފިލަބަލް ފޯމްތައް” އަދި “ފަރުމާ ޓްރޫޓައިޕް” ފޮންޓް އެ ކައުންސިލުގެވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

މި އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 2019 މާރިޗް 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް އެދިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.