ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮލިމްޕަސް ސިނަމާ، އާޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

މިދިޔަ އަހަރު ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށަށް ބަދަލުކުރި އޮލިމްޕަސް ސިނަމާ، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކޮށްފި އެވެ.

މިކަން މީޑިއާއަށް ހާމަވެފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިޤް ރޭ ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޠާރިޤް ވިދާޅުވީ ދިވެހި ފިލްމުތައް އަޅުވާ ރާއްޖޭގެ ރަސްމީ ސިނަމާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާތީ އޮލިމްޕަހާ ގުޅުން ހުރި ކަންކަން ދެން ކުރިއަށް ދާނީ އާޓްސް މިނިސްޓްރީގެ ދަށުން ކަމަށެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްން ފިލްމީ ފަންނާނުންނާ އެކު މިދިޔަ މަހުގެ 28 ގައި ބޭއްވި ފޯރަމްގައި ގިނަ ފަންނާނުން ހުށައެޅުއްވި ކަންބޮޑުވުންތަކުގައި އޮލިމްޕަހުގެ ބެލެނިވެރިކަމާއި އެތަނުގެ ހާލަތާއިމެދު ވާހަކަދެއްކެވިއެވެ. އޮލިމްޕަސް، އެ މިނިސްޓްރީގެ ދަށަށް ގެނެސްދެއްވުމަށްވެސް ފަންނާނުން އެދުނެވެ. އެ ފޯރަމްގައި ފަންނާނުން ވަނީ އޮލިމްޕަހުގައި މިހާރު ހުރި މައްސަލަތައް ހައްލުކޮށްދީ، ފެންވަރު ރަނގަޅުކޮށްދޭން ވެސް އެދިފަ އެވެ.

ފިލްމީ ފަންނާނުންނާ އެކު ބޭއްވި ފޯރަމްގައި ފާޅު ކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި ނަތީޖާވެސް ފެންނަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
އައްކި7 އަހަރު ކުރިން

މިނިސްޓަރ ދުންޔާ ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަންނަން.

މޯޑް7 އަހަރު ކުރިން

އޮލިމްޕަސް މިނިވަން ވީމަ އުފާވެއްޖެ. އެކަމަކު އަޅެ ތިތަން ނޫން އެހެން ބޮޑު ސިނަމާ ހޯލެއް ހަދަން ކީއްތަވާނީ ސަރުކާރުން

Home
Menu
Search
Back to top