ދިވެހި ފިލްމު އޯޑިއަންސުން އެ ފިލްމަކަށް އެންމެ އިންތިޒާރު ކުރަމުން އަންނަ ފިލްމު “ލަސްވިޔަސް”ގެ ފިރިހެން ލީޑަކަށް އަޙްމަދު އީސާ (އާނަންދު) ހަމަޖައްސާފައި ވާކަމަށް އެޓަރނަލް ޕިކްޗަރޒް އިން ބުނެފިއެވެ. އެޓަރނަލް ޕިކްޗަރޒްގެ ފޭސްބްކް ޕޭޖުގައި މިރޭ އާއްމުކޮށްފައިވާ ކާސްޓިން ޕޯސްޓަރެއްގައި ބުނީ “ލަސްވިޔަސް”ގެ ފިރިހެން ލީޑުންގެ ތެރެއިން ލީޑަކަށް އަޙްމަދު އީސާ ފައިނަލްކޮށްފައި ވާކަމަށެވެ.
ފިރިހެން ލީޑެއްގެ ގޮތުގައި އީސަ ފެނިގެންދާނީ ‘އިޤްބާލް’ގެ ކެރެކްޓަރ އިންނެވެ. ކުރިންވެސް ހާމަކޮށްފައިވާ ފަދައިން، ފިލްމީ ތަރި ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ފެނިގެންދާނީ ‘ހަމްރާ’ގެ ކެރެކްޓަރ އިންނެވެ.

“ލަސްވިޔަސް”ގެ ކާސްޓިން ޕޯސްޓަރެއް – ފޮޓޯ: އެޓަރނަލް ޕިކްޗަރޒް
އިތުބާރުހުރި މަސްދަރަކުން މުނިއަވަސްއަށް މަޢުލުމާތު ލިބިފައިިވާގޮތުން، ފިލްމުގެ އަންހެން ލީޑަކަށް އޮޑިޝަން ކުރިއަށްދާއިރު، މިހައިތަނަށް 08 ވަރަކަށް ކުދިން އޮޑިޝަން ހަދާފައިވެއެވެ. އޭގެ ތެރޭގައި މިހާރުވެސް ދާއިރާގައި އުޅޭ ފަންނާނުންނާއި މުޅިން އައު ކުދިންވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.
އުފެދޭ ސުވާލަކީ، ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރ މުޙައްމަދު ނިޔާޒް ޓެޑްރީގެ މި ބޮޑު ޕްރޮޖެކްޓްގެ އަންހެން ލީޑް ލިބިގެންދާނީ ކޮން ފަންނާނަކަށް ބާވައެވެ؟ ހަމަ ގައިމުވެސް، މި ކެރެކްޓަރ ލިބޭ ފަންނާނު ވެގެންދާނީ ދިވެހި ފިލްމީ ދާއިރާއިން އަގުހުރި ފުރުޞަތެއް ލިބޭ ނަސީބުވެރިއަކަށެވެ.
“ލަސްވިޔަސް” އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލައަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.
“ލަސްވިޔަސް”ގެ ޓީޒާއެއް 2017 ވަނަ އަހަރު ޓެޑްރީގެ ޔޫޓިއުބް ޗެނަލުން ވަނީ އާއްމުކޮށްފައެވެ. ޓީޒާގައި ފެނިގެންދަނީ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހިމް އެވެ. ޓީޒާ ފެށޭއިރު އިވެނީ “ކައިވެނީގެ އަމާޒުކަމުގާ…” ލަވައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!