ސްޓަރ ޕްލަސް އިން ދައްކަމުން އަންނަ ކާމިޔާބު، އަދި ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޑްރާމާ ސީރީޒް “އިމްލީ”ގައި އިމްލީ އަކީ މާލިނީގެ އެއްބަފާ ކޮއްކޮ ކަން މާލިނީ އަށް އެނގިއްޖެއެވެ.

ޑްރާމާ ސީރީޒް “އިމްލީ”ގައި ޓްވިސްޓުތަކެއް އައިސްފައިވާއިރު، އަދްތިޔާ އިމްލީ ދެކެ ލޯބިވާކަމާއި އިމްލީ އަކީ އޭނާގެ ފުރަތަމަ އަނބިމީހާކަން މާލިނީ ކައިރީގައި ވަނީ ކިޔައިދީފައެވެ. އަަދްތިޔާ ދެކެ އިންތިހާއަށް ލޯބިވާ މާލިނީ އަށް މިކަން ތަހައްމަލުކުރަން ދަތިވިޔަސް، އިމްލީގެ ބައްޕައަކީ ކާކުކަން ހޯދުމަށް އިމްލީގެ އަވަށް ޕަކްޑަންޑިއާއަށް ދެއެވެ. އެތަނަށް ގޮސް ދިމާވަނީ އިމްލީގެ މަންމަ މީޓީ އާއެވެ. އޭނާ އަކީ އިމްލީގެ ޓީޗަރެއްކަމަށް ބުނެ އެހެން ނަމެއްގައި މާލިނީގެ އައިޑެންޓިޓީ އޮޅުވާލައިގެން މަސައްކަތް ފަށަނީ އިމްލީގެ ބައްޕަގެ ނަން ހޯދުމަށެވެ. މާލިނީ އަކީ އިމްލީގެ ޓީޗަރެއްކަމަށް ބުނުމުން އިމްލީގެ މަންމަގެ އެދުމުގެ މަތިން މާލިނީ ހުންނަން ޖެހުނީވެސް އިމްލީގެ ގޭގައެވެ.

މާލިނީއަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ދެފަހަރެއްގެ މަތިން ކުރި މަސައްކަތުން، އިމްލީގެ މަންމަ މީޓީ ސިއްރުކޮށްގެން އުޅޭ ކަންތައްގަނޑު މާލިނީއަށް ކިޔައިދެއެވެ. އިމްލީގެ ބައްޕަައަކީ ދޭވް (މާލިނީގެ ބައްޕަ) ކަމަށް މީޓީ ބުނެއެވެ. މާލިނީ އަކީ ދޭވްގެ ދަރިއެއްކަން މީޓީ އަކަށް ނޭނގެއެވެ.

އަނެއްކޮޅުން މާލިނީގެ ޚަބަރެއް ލިބިފައިވޭތޯ ބެލުމަށް އަދްތިޔާގެ ގެއަށް މާލިނީގެ ބައްޕަ ދޭވް ދެއެވެ. އެގެެއަށް ގޮސް ދެކެވޭ ވާހަކަތަކުގެ ތެރެއިން އިމްލީ ބަލިވެއުޅޭކަން އެނގުމުން އިމްލީ އާއި ދޭވް ބައްދަލުކުރެެއެވެ. އިމްލީ އާއި ދޭވް އާއި ދެމެދު ދެކެވޭ ވާހަކަތަކުން ދޭވް އަށް އެނގެނީ އިމްލީ ހުރީ އޭނާގެ އަސްލު ބައްޕައަށް މާފުކުރާ ގޮތަށް ނޫންކަމެވެ.

މާލިނީ އާއި މީޓީ

ޕަކްޑަންޑިޔާގައި ހުރެފައި އަދްތިޔާގެ ފޯނަށް މާލިނީ ގުޅައެވެ. އިމްލީ އާ ވާާހަކަދެއްކުމަށް ކެތްމަދުވެފައި ހުރި މާލިނީ އިމްްލީ ގާތުގައި ގިނަ ވާހަކަތަކެއް ދައްކައެވެ. އެގޮތުން އިމްލީގެ ހުރިހައި ހައްޤަކަށް އޭނާއަށް އަރައިގަނެވި އެ ހައްޤުން އިމްލީ ބާކީކުރެވިފައިވާ ކަމާ، އޭނާ ޝަހަރަށް އެނބުރި ގޮސް ހުރިހައި ވާހަކަތަކެއް އިމްލީއަށް ކިޔައިދީ، އިމްލީއަށް ހައްޤުމިންވަރު ހޯދަައިދޭނެކަމަށް ބުނެއެވެ. ފޯނުކޯލުގެ ތެރެއިން މާލިނީއަށް މީޓީ (އިމްލީގެ މަންމަ) ގޮވާލާ އަޑު އިމްލީއަށް އިވެއެވެ.

ކުރިއަށް އޮތް އެޕިސޯޑްގެ ޕްރިކޭޕްގައި ދައްކާގޮތުން، މާލިނީ އޭނާގެ ބައްޕަ ދޭވް ގާތުގައި އިމްލީ އަކީ ދޭވްގެ ދަރިއެއްކަންް އެނގޭކަމާ ހުރިހަައި ކަމެއް އެނގިފައިވާކަމަށް ބުނެއެވެ. މި ހުރިހައި ކަމެއް ހިނގާއިރު، މާލިނީ އަކީ އިމްލީގެ ދައްތައެއްކަން އަދި ވަނީ ހާމަނުވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.