“2019 ވަނަ އަހަރުގެ އެންމެ ބޮޑުފިލްމު”ގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ ދިވެހި ފިލްމު “ފޯޓީ ޕްލަސް”ގެ ކުދިކުދި ޓީޒާއެއް އަނެއްކާވެސް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މާރިޗް 05 ގައި “ފޯޓީ ޕްލަސް” ޕްރިމިއާކުރަން ހަމަޖައްސާފައިވާއިރު، ފިލްމުގެ ޓިކެޓް ބްކިން ހެއްދުމާއި ވިއްކުން ވެސް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދޭތެރެއަކުން ފިލްމުގެ ޓީޒާއެއް ރިލީޒްކުރަމުންދެއެވެ.
އެގޮތުން ރޭ އާއްމުކޮށްފައިވާ ޓީޒާ އިންވެސް އެހެން ޓީޒާތަކާ އެއްގޮތަށް ހެއްވާ މަޖާ މަންޒަރުތައް ފެނިގެންދެ އެވެ.
https://www.facebook.com/notea4t/videos/2518550721550298/?v=2518550721550298
“ފޯޓީ ޕްލަސް” އަކީ 2016 ގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު ކޮމެޑީ ފިލްމު “ނޯޓީ ފޯޓ” ގެ ދެވަނަ ބައެވެ. އެކަމަކު މި ފަހަރު މިއީ ހޮރޯ ކޮމެޑީއެކެވެ.
https://www.facebook.com/notea4t/videos/529871880751960/
ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ “ފޯޓީ ޕްލަސް” އިން “ނޯޓީ ފޯޓީ” ގެ މައިގަނޑު ތަރިން ކަމަށްވާ ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކް، އަހުމަދު ސައީދާއި އޭނާގެ އަންހެނުން ފާތިމަތު އަޒީފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ފެނިގެން ދާނެ އެވެ. މީގެ ކާސްޓާ އަލަށް ގުޅުނު މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ. އަދި ފިލްމުން އާ ފަސް އެކްޓަރުން ވެސް ފެނިގެން ދާނެ އެވެ.
https://www.facebook.com/notea4t/videos/400778827155469/
މިއީ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
https://www.facebook.com/notea4t/videos/1229945483849019/
