ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގޮށްރާޅު”ގެ ވަދާޢީ ޝޯތައް އަޅުވަނީ

ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރ މޫމިން ފުއާދުގެ ވާހަކައަކަށް، ކުޅަދާނަ ވިޝުއަލް އިފެކްސްޓް އަދި ސިނެމަޓޯގްރަފާ، ޑައިރެކްޓަރ އަޙްމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމު “ގޮށްރާޅު”ގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މުޙައްމަދު ޢަލީ ޕްރޮޑިއުސްކޮށްފައިވާ “ގޮށްރާޅު”ގެ ވަދާއީ ޝޯތައް ދައްކަނީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ރެއާއި މާރިޗް އެކެއް ވާ ހުކުރު ދުވަހުގެ ރޭ 21:00ގައެވެ. ވަދާއީ ޝޯތަކުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުން އަންނަކަަމަށް ފިލްމުގެ ޓީމުން ބުނެއެވެ. “ގޮށްރާޅު”ގެ ޖުމްލަ 30 ޝޯ ދައްކާފައިވާއިރު 21 ޝޯ ވަނީ ހައުސްފުލް ވެފައެވެ.

“ގޮށްރާޅު” ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

“ގޮށްރާޅު” ފިލްމަކީ އެ ފިލްމު ބެލި މީހަކު، ފިލްމުގެ ޑައިރެކްޓަރ އަދި ވިޝުއަލް އިފެކްޓް ހަދާފައިވާ އަހްމަދު ޝިނާނަށް ތަޢުރީފުގެ ބަހެއް ބުނެ ނުލައި ނުހުރެވޭވަރުގެ މޮޅު ފިލްމެކެވެ.

ދިވެހި މުޖުތަމަޢުގައި ހިނގަމުން އަންނަ ކަމެއްގެ މައްޗަށް އަލި އަޅުވާލައި ލިޔެފައިވާ ވަރުގަދަ ކްރައިމް ތްރިލާ “ގޮށްރާޅު” ފިލްމަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނައިރު އެ ފިލްމަކީ ހަގީގަތުގައި ވެސް މިފަދަ އެހެން ދިވެހި ފިލްމެއް ނެތޭ ބުނެވޭނެވަރުގެ ތަފާތު ފިލްމެކެވެ.

އަހަރުގެ ފުރަތަމަ ‘ބްލޮކްބަސްޓާ’ ފިލްމުގެ ޝަރަފާއި އެކުގައި އޮލިމްޕަހަށް “ގޮށްރާޅު” އެރުން ހުއްޓުމުގެ ކުރިން ފިލްމު ނުބަލައި ތިބި މީހުންނަށް މިއީ މިވަގުތަށް އޮތް އެންމެ ރަނގަޅު ފުރުޞަތުކަމަށް ނޫނީ ނުވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top