ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯޓީ ޕްލަސް”ގައި ޕްރިޔަންކާވެސް!!؟؟

‘ނޯޓީ ވާން ބާކީ09 ދުވަހަށް ވީއެވެ. ނޯޓީ ވާނީ މާރިޗް 05 ގައެވެ. “ފޯޓީ ޕްލަސް” ވީމާ ނޯޓީ ވާނެއެވެ. “ފޯޓީ ޕްލަސް” ޖެހުނީމާ ހީނ ހީނ ރޮވޭނެ އެވެ.’

މިއީ ފިލްމު “ފޯޓީ ޕްލަސް” ގެ ޓީމުން ރޭ ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވާ އޮތް ލިޔުންކޮޅެކެވެ. ނެރެފައިވާ ކުރު ޓީޒާ ބަލައިލީމެވެ. ލިބުނީ ހައިރާން ކަމެކެވެ. “ފޯޓީ ޕްލަސް” ގައި ޕްރިޔަންކާ އުޅެނީއެވެ!!

“ފޯޓީ ޕްލަސް”ގައި އުޅެނީ ކޮން ޕްރިޔަންކާއެއްކަން ބަލައިލަން ޖެހޭނީ ފިލްމު ބަލައިލާށެވެ. ނަމަވެސް ރޭ އާއްމުކުރި ޓީޒާގައި އެކްޓަރ އަލީ ސީޒަންއާ ދިމާވާ މީހަކު ފެނި އެމީހާއާއި ދިމާއަށް ޕްރިޔަންކާއޭ ކިޔާފައި ސީޒަން ގޮވައިލައެވެ. ދެން ކަންތައްތައް ވެގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ޓީޒާ ބަލައިލުމަށް ކިޔުންތެރިންނާ ހަވާލެވެ.

“ނޯޓީ ފޯޓީ”ގެ ދެވަނަ ބައެއްގެ ގޮތުގައި ނެރޭ “ފޯޓީ ޕްލަސް” އަކީ ރާއްޖޭގެ ސިނަމާތަކަށް މުޅިން އާ ޖޮންރާ އެކެވެ. މިއީ ހޮރޯ ކޮމެޑީއެވެ. ބިރުވެރިކަމާއެކު ހެއްވައިލަދޭނެ ފިލްމެކެވެ.

ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ މިއީ 2019 ވަނަ އަހަރު ދިވެހި ފިލްމީ ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށްވާނެކަމަށެވެ. އަދި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށްވާނެކަން ޔަގީންކުރާކަމަށް ޝަފީގް ވަނީ ބުނެފައެވެ.

https://www.facebook.com/notea4t/videos/2157670734547322/?v=2157670734547322

ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު ބުނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ތަރިންގެ އެކްޓިންނަށް 100 ދޭނެކަމަށެވެ. މި ފިލްމަކީވެސް އިންޑަސްޓްރީއަށް މުޅިން އަލަށް ބައެއް ތަރިން ތައާރަފްވާ ފިލްމަކަށްވުމަކީ ފިލްމަށް ލިބޭނެ އިތުރު ފުރިހަމަކަމެއްކަމަށްވެސް ޔޫއްފެ ވަނީ ބުނެފައެވެ.

ތ. ބުރުނީގައި ޝޫޓްކޮށްފައިވާ “ފޯޓީ ޕްލަސް”ގެ ޓިކެޓް ވިއްކުން މިހާރު އޮލިމްޕަހުގައި ކުރިއަށް އެބަދެއެވެ. އެންވިޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި ”ނޯޓީ 40″ގެ ދެވަނަ ބައެއްގެ ގޮތުގައި އުފައްދާ ”ފޯޓީ ޕްލަސް“ގެ ޓިކެޓް ބުކިން ހެއްދުމަށް ގުޅަންޖެހޭ ނަންބަރަކީ 7384040 އެވެ

https://www.facebook.com/notea4t/videos/442699703139329/

ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އާއި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ގެ އިތުރުން މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު ”40 ޕްލަސް“ ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
އައްކި7 އަހަރު ކުރިން

ލަސްނުކޮށް ތި ފިލުމު އަޅުވަބަލަ. މުޅިންވެސް މި ޖެހެނީ އިންތިޒާރުކުރާށޭ ޔޫއްޕޭ

Home
Menu
Search
Back to top