އިންޑިއާގެ ޖައިޕޫރު އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް އެންޑް ޓްރަސްޓުން އިތިޒާމްކޮށްގެން ބާއްވާ 16 ވަނަ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލަށް ފިލްމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނީ މިފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމަށް ދައްކަންޖެހޭ ސަބްމިޝަން ފީ އަދި ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ފިލްމު ބައިވެރިކުރާ ފަރާތުން ކަމަށެވެ.
16 ވަނަ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ޖައިޕޫރުގެ ގޮލްޗާ ސިނަމާގައި މިއަހަރު މެއި މަހު ތިނަކުން ފެށިގެން ފަހެއްގެ ނިޔަލަށެވެ. ފިލްމު ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 15 އެވެ.
މި ފެސްޓިވަލްގައި ފީޗާ ފިކްޝަން، ޝޯޓް ފިކްޝަން، ޑޮކިއުމެންޓަރީ ފީޗާ، ޝޯޓް ޑޮކިއުމެންޓަރީ، އެނިމޭޝަން ފީޗާ، އެނިމޭޝަން ޝޯތް، މޯބައިލް ފިލްމު، އެޑް ފިލްމާއި ލަވަ (ލިޔެގެން އަދި އޯޑިއޯ ނުވަތަ އޯޑިއާ ވީޑިއޯ އިން ކޮންމެ ފޯމެޓެއްގައިވެސް ޤަބޫލުކުރާނެ) އެވެ.
ކޯހުގައި ބައިވެރިވުމަށް ދައްކަން ޖެހޭ ފީތަކަށް ބަލައިލާއިރު:
ކުރު ފިލްމު (45 މިނެޓަށްވުރެން ދިގު ނޫން)- -/1000 އިންޑިއަން ރުޕީސް ނުވަތަ 20 ޑޮލަރު
ފީޗާ ފިލްމު (45 މިނެޓަށްވުރެން ދިގު)- -/2000 އިންޑިއަން ރުޕީސް ނުވަތަ 40 ޑޮލަރު
ސޯޅަ ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްފެސްޓިވަލްއާއި ގުޅޭ އިތުރު މަޢުލޫމާތާއި ސަބްމިޝަން ފޯމް http://jiffindia.org/16IFF.html ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެންސީއޭ އިން ބުނެއެވެ.
