ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ލެމަން ކަސްޓަޑް ޕުޑިންގް ކޭކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

🍽️ ލިބޭ މިންވަރު: 10 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● 6 މޭޒުމަތީ ސަމުސާ ބަޓަރު (ދިޔާކޮށްފައި)
● 6 މޭޒުމަތީ ސަމުސާ ފުށް
● 2 ޖޯޑު ހަކުރު
● 4 ބިސް
● 1 ½ ޖޯޑު ކިރު
● 1 ½ މޭޒުމަތީ ސަމުސާ ލުނބޯ ތޮށި (ގާނާފައި)
● 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
● ¼ ޖޯޑު އައިސިންގް ޝުގަރ (ގާނިޝް ކުރުމަށް)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަން 175 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. އަދި ކޭކް ފިހަން ބޭނުންކުރާ ޓްރޭގައި ބަޓަރު އުނގުޅާފައި ބަހައްޓާށެވެ. ބިހުގެ ރީނދޫބަޔާއި ހުދުބައި ވަކިކޮށްލާށެވެ.

2 – ބޮޑު ތަށްޓެއްގައި ފުށާއި، ބަޓަރު އަދި 1 ½ ޖޯޑު ހަކުރު އެއްކޮށްލާށެވެ.

3 – ބިހުގެ ރީނދޫބައި ރަނގަޅަށް ގިރާލުމަށްފަހު، ކުރިން ތައްޔާރުކުރި ހަކުރު މިކްސްޗަރާއި، ކިރު އަދި ލުނބޯ ތޮށި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން އޭގެ ތެރެއަށް ލުނބޯ ހުތް އަޅާށެވެ.

4 – އެހެން ތަށްޓެއްގައި ބިހުގެ ހުދުބައި، ބާކީ ހުރި ބައި ޖޯޑު ހަކުރު އަޅަމުން، އޮލަވަންދެން ގިރާލާށެވެ. އެއަށްފަހު މި ބައި ކުރިން ތައްޔާރުކުރި ފުށްގަނޑުގެ ތެރެއަށް މަޑުމަޑުން އެއްކޮށްލުމަށްފަހު، ކޭކް ޓްރޭއަށް އަޅާލާށެވެ.

5 – ކޭކް ޓްރޭ، ހޫނު ފެން އަޅާފައި ހުރި ތިލަ ތަބަކެއްގެ ތެރޭގައި ބެހެއްޓުމަށްފަހު، 55 އާއި 60 މިނެޓާ ދެމެދު ނުވަތަ މަތީބައި ރަން މުށިކުލަ އަރަންދެން ފިހެލާށެވެ.

6 – ކޭކް ހޫނުކޮށް ނުވަތަ ފިނިކޮށްވެސް ސާވް ކުރެވިދާނެއެވެ. ސާވް ކުރުމުގެ ކުރިން މައްޗަށް އައިސިންގް ޝުގަރ ބުރުއްސާލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top