ލ. ކައްދޫން މާމެންދޫއަށް ފެބްރުއަރީ 22 ވީ ހުކުރު ދުވަހުރޭ ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ފޯނުން އެންމެފަހުން މީސްމީޑިއާއަށް ދޫކޮށްލި މެސެޖް ކަމަށް ބުނާ މެސެޖެއްގެ ސްކްރީންޝޮޓެއް ފޭސްބްކްގައި ދައުރުވާން ފަށައިފިއެވެ.
ޝިމާ ކޮށްފައިވާ މެސެޖެއްކަމަށް ބެލެވޭ އެ މެސެޖް ކޮށްފައިވަނީ “
Swsd” ގެ ނަމުގައި ހަދާފައިވާ ފޭސްބްކް މެސެންޖަރ ގްރޫޕެއްގެ ތެރެއަށް ކަމަށް ބެލެވެއެވެ.

ޝިމާއަށް ޓެގްކޮށް ޝިމާގެ ފޭސްބްކް ވޯލްއަށް ރޭގެ ވަގުތެއްގައި މީހަކު ލާފައިވާ ޕޯސްޓެއްގައި ޝިމާ ކޮށްފައިވާ މެސެޖްކަމަށް ބެލެވޭ މެސެޖްގެ ސްކްރީންޝޮޓެއް ވެސް ހިއްސާކޮށްފައި ވެއެވެ. ހުކުރު ދުވަހު 16:43 ގައި ކޮށްފައިވާ އެ މެސެޖްގައި ވަނީ ރުއްތަކެއް ފެންނަން ހުންނަ މަގެއްގެ ކޮންމެވެސް ހިސާބެއްގެ ފޮޓޯއެއް ލުމަށްފަހު M.Lost ލިޔެލާފައިވާތަނެވެ. “އޭމް.ލޮސްޓް” ލިޔެފައިވާ މެސެޖް، އެ ގްރޫޕްގެ އެންމެންނަށް ފެނުނުފަހުން ދެން ލިޔެފައިވާ ވަނީ In gan ‘އިން ގޭން’ އެވެ. އެއަށްފަހު ޝިމާގެ މެސެޖްގައި ހުރީ “އެކްޕްރެޝަން ލެސް’ ފޭސް ދައްކައިދޭ އިމޮޖީ😑😑😑😑 މޫނުތަކެކެވެ.

ފޭސްބްކް ތެރެއަށް އާއްމުކޮށްފައިވާ ޝިމާގެ މެސެޖް ކަމަށް ބެލެވޭ މެސެޖްގެ ސްކްރީންޝޮޓް ލުމަށްފަހު، ފަހުން އެ ޕޯސްޓްކުރި މީހަކު، އެ ޕޯސްޓް ވަނީ ޑިލީޓްވެސް ކޮށްލާފައެވެ. ޕޯސްޓް ޑިލީޓްކޮށްލާފައިވަނީ އެ ފޮޓޯ އާއްމުކުރަން އަދި އަވަސްކަމަށް މީހަކު ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެމީހަކު އެހެން ބުނެފައިވަނީ އެފަދަ އެއްޗެއް މިހާ ލަސްކޮށްފައި އާއްމުކުރުމުންކަމަށް ޤަބޫލުކުރެވެނީ އެހެން ބުނީ ޝިމާގެ ރައްޓެއްސެއްކަމަށް ބެލެވޭ މީހަކަށް ވާތީއެވެ.

ޝިމާ ގެއްލިގެން ހޯދާއިރު 18 މަހު ކުއްޖެއް ވެސް އޭނާގެ އޮވެ އެވެ. ކަނޑުމަތިން އޭނާ ގެއްލުނީ މިމަހުގެ 22 ވީ ހުކުރު ދުވަހުގެ ރޭ 9:30 އެހާކަންހާއިރު ދަތުރު ކުރި ޑިންގީ ގާދޫ ކައިރިން ބަންޑުން ޖަހާލައިގެނެވެ.
ޝިމާއާއެކު ޑިންގީން ދަތުރުކުރި ފަޒީލު ވަނީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި ސަލާމަތްވެފައެވެ. އެ ޚަބަރު ކޯސްޓްގާޑަށް ދިނީވެސް އޭނާ އެވެ.
ފޮޓޯއިން އެފެންނަ މަންޒަރަކީ ލ. ފޮނަދު އަށް އަރަން ކުރިން ދަތުރު ކުރާ މަގުން ދާއިރު ކުރީގަ އެތަނުގަ ހުންނާނެ ބުރެއް ރާނާފަވެސް ...އެމެރިކާމީހުން ސުހުފި ލަނޑާ އާލާ ކުރުމަށް ހިފާފަ އޮއްނަ ސަރަހައްދު ކައިރި އެއީ....ކޮއްމެ މީހަކަށްވެސް މަރުވުމުގެ ކުރިން ކޮންމެސް ކަހަލަ މެސެޖެއް ރައްތެހިންނަށް ނޫނީ ކޮއްމެވސް ފަރާތަކަށް ދޭނެ...ވީމާ ބެލެވޭގޮތުގަ އެކަން ނިހިގަނީސް ގާދޫ މީހުން އުޅޭސަރަހައްދަން ދިޔަމަގުމަތީގަ ނަގާފަ އިން ޕިކުއެއްތީ...ސިމާގެ އާއިލާ މީހުން އުޅެނީ އެސަރަހައްދު ގެއެއްގައި ކަމަށް މައުލޫމާތު ލިބޭ.....
