ސޯނޫ ނިގަމްގެ މަޑުމައިތިރި އަޑަކީ ގިނަ ބައެއްގެ މެދުގައި އަދިވެސް އެންމެ މަޤުބޫލު އެއް އަޑެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅުގައި ނެރުނު ސޯލޯ އަލްބަމްތަކަކީ އޭނާގެ ފިލްމީ ލަވަތަކާ އެއްވަރަށް މަޝްހޫރުވި ލަވަތަކެކެވެ.
މިފަހަރު މި ގެނެސްދެނީ 1999 ވަނަ އަހަރު އޭނާ ނެރުނު “ދީވާނާ” އަލްބަމްގެ “އަބް މުޖޭ ރާތު ދިން” އެވެ. މިއީ ލޯބިވެރިޔާ ދެކެ ލޯބިވާ މިންވަރު ހާމަކޮށްދީ ފާއިޒް އަންވަރު ހަދާފައިވާ ޅެމެކެވެ. މިއުޒިކް ތައްޔާރުކޮށްދިނީ ސާޖިދު-ވާޖިދު އެވެ.
ހިންދީ ލަވަ އާއި ދިވެހި މާނަ
އަބް މުޖޭ ރާތު ދިން، ތުމްހަރާ ހީ ޚަޔާލް ހޭ
މިހާރު ރޭދުވާ ހަތަރުދަމު، އަބަދުވެސް އަހަންނަށް ވެވެނީ ތި ޚިޔާލުތަކުގައެވެ.

ކިޔާ ކަހޫން ޕިޔާރް މޭ، ދީވާނޯ ޖޭސާ ހާލް ހޭ
ލޯބީގެ ސަބަބުން މި ހާލަތު ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ މިއީ މުޅިން މޮޔަވެފައިވާ ފަދަ ހާލަތެކެވެ.
ދީވާނޯ ޖޭސާ ހާލް ހޭ، ތުމްހާރާ ހީ ޚަޔާލް ހޭ
މިއީ މުޅިން މޮޔަވެފައިވާ ފަދަ ހާލަތެކެވެ. އަބަދުވެސް އަހަންނަށް ވެވެނީ ތި ޚިޔާލުތަކެވެ.
ހޯ ހޯ… އާ ހާހާ.. ލާލާލާ

*****
ތުމްކޯ ދޭކޭ ބިނާ ޗޭން މިލްތާ ނެހީ
ތިޔަ ސޫރަ ފެނިނުލައި ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.
ދިލް ޕޭ އަބް ތޯ ކޮއީ ޒޯރް ޗަލްތާ ނެހީ
މިހާރު މި ހިތުގެ މައްޗަކަށް އެއްވެސް ބާރެއް ނުފޯރުވެއެވެ.
ޖާދޫ ހޭ ކޭސާ ދިލް ކީ ލަގީ މޭ
މިއީ ލޯބީގައި ކޮންފަދަ ޖާދޫއެއް ހެއްޔެވެ؟
ޑޫބް ގަޔާ ހޫން އިސް ބޭޚުދީ މޭ
ތިޔަ ލޯބީގެ ތެރެއަށް ގެނބި ހުސްވެއްޖެއެވެ.
ހޯ ހޯ… އާ ހާހާ.. ލާލާލާ
އަބް މުޖޭ ރާތު ދިން، ތުމްހަރާ ހީ ޚަޔާލް ހޭ
މިހާރު ރޭދުވާ ހަތަރުދަމު، އަބަދުވެސް އަހަންނަށް ވެވެނީ ތި ޚިޔާލުތަކުގައެވެ.
ކިޔާ ކަހޫން ޕިޔާރް މޭ، ދީވާނޯ ޖޭސާ ހާލް ހޭ
ލޯބީގެ ސަބަބުން މި ހާލަތު ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ މިއީ މުޅިން މޮޔަވެފައިވާ ފަދަ ހާލަތެކެވެ.
*****
ހަރް ޕަލް ދޫންޑޭ ނަޒަރް ތުމްކޯ ހީ ޖާނެމަން
ލޯބިވާއެވެ! ކޮންމެ ވަގުތަކުވެސް މި ދެލޯ ހޯދަނީ ހަމައެކަނި ކަލާއެވެ.
ހަދް ސެ ބަޅްނޭ ލަގާ މޭރާ ދީވާނަޕަން
މި މޮޔަވެފައިވާ މިންވަރު މިހާރު އިންތިހާއަށް ގޮސްފިއެވެ.
ދިލް މޭ ބަސާ ލޫން އަޕްނާ ބަނާ ލޫން
ހިތުގެ އަޑީގައި ވަޒަންވެރިކުރުވައި، ތިބާއީ ހަމައެކަނި އަހަރެންގެ މީހަކަށް ހަދަން ބޭނުމެވެ.
ޔާ ޕިރް ނަޒަރް މޭ ތުމްކޯ ޗުޕާ ލޫން
ނޫނީ، މި ދެލޮލުގެ ތެރޭގައި ތިބާ ފޮރުވައިގެން ގެންގުޅެން ބޭނުމެވެ.