ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝްރެޔާ ގޯޝާލް އަދި ޑީޖޭ އަލެސޯ ގުޅިގެން “ޖިޔާރާ” ނެރެނީ
ގޫގުލް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝާލް އާއި ސްވިޑަންގެ މަޝްހޫރު ޑީޖޭ އަދި މިއުޒިކް ޕްރޮޑިއުސަރު އަލެސޯ (އަލެސަންދްރޯ ރެނާޓޯ ރޮޑޮލްފޯ ލިންޑްބްލެޑް) ގުޅިގެން އާ ސިންގަލްއެއް ނެރެން ތައްޔާރުވެއްޖެއެވެ. “ޖިޔާރާ” ގެ ނަން ދީފައިވާ މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

މި ދެ ފަންނާނުން އެކުގައި މަސައްކަތްކުރާކަމުގެ އިޝާރާތެއް އަލެސޯ ދާދިފަހުން އިންސްޓަގްރާމް މެދުވެރިކޮށް ދީފައިވާއިރު، އެ ޕޯސްޓުގައި އިވޭ ޚާއްސަ އަޑުގެ ސަބަބުން އެއީ ޝްރެޔާ ކަމަށް ގިނަ ފޭނުން ވަނީ މީގެ ކުރިންވެސް ލަފާކޮށްފައެވެ.

މި ޚަބަރު ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ބޭއްވި އަލެސޯގެ ކޮންސަޓްގައެވެ. މި ކޮންސަޓްގެ ތެރެއިން ދެއްކި ޝްރެޔާގެ ވީޑިއޯ މެސެޖެއްގައި އޭނާ ވަނީ އަލެސޯއަށް އިންޑިއާއިން މަރުޙަބާ ކިޔައި، ދެމީހުން އެކުގައި ކުރި މި ޚާއްސަ މަސައްކަތާމެދު ވަރަށް ބޮޑަށް އުފާކުރާކަމަށް ބުނެފައެވެ.

“އަހަންނާއި އަލެސޯ ވަރަށް ޚާއްސަ ޓްރެކެއްގެ މަސައްކަތް ކުރަމުންދާ ވާހަކަ އެންމެ ފުރަތަމަވެސް ތިޔަބޭފުޅުންނާ ހިއްސާކުރަން ބޭނުންވީ އަހަރެން. މިއީ ހަޤީޤަތުގައިވެސް ވަރަށް އެކްސައިޓިން މަސައްކަތެއް.” ޝްރެޔާ ބުންޏެވެ. މި މެސެޖަށްފަހު، އަލެސޯ ވަނީ އެ ޝޯވއަށް ހާޒިރުވި ބެލުންތެރިންނަށް އެ ލަވައިގެ ކުޑަ ތަންކޮޅެއް އަޑުއަހާލުމުގެ ފުރުސަތު ދީފައެވެ.

މިއީ އަލެސޯ ޝޯވ ދިނުމަށް އިންޑިއާއަށް ދިޔަ ތިންވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2013 އަދި 2016 ވަނަ އަހަރުވެސް އިންޑިއާގައި ޕާފޯމްކޮށްފައެވެ. އަލެސޯގެ ދެން އެންމެ އަވަހަށް އޮންނަ ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު (ނޮވެމްބަރު 28 ގައި) ގުރްގްރާމްގެ ހުޑާ ޖިމްޚާނާ ކްލަބުގައެވެ.

މިވެސް ކިޔާލަން:  ޔާދު ތެރީ ޔާދު ޖަބް އާތީ ހޭ – ދިމާނަ

އަނެއްކޮޅުން، ޝްރެޔާ ގޯޝާލް ކުރިއަށްގެންދާ “ދަ އަންސްޓޮޕަބަލް އިންޑިއާ ޓުއަރ 2026-27” ގެ ދަށުން، އަންނަ މަހުގެ 19 ވަނަ ދުވަހު ގުވަހާޓީގެ އޭސީއޭ ސްޓޭޑިއަމްގައި ޝޯވއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އަހަރު އޭނާ ބާއްވާ އެންމެ ފަހު ޝޯވ އޮންނާނީ ޑިސެމްބަރު 26 ވަނަ ދުވަހު ކޮލްކަތާގެ އެކުއަޓިކާ ގްރައުންޑްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top