ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާންގެ ޢީދު ހަދިޔާ ވަރަށް ސަޅި

މަޝްހޫރު ބޮލީވުޑް ތަރި ސަލްމާން ޚާން އޭނާގެ ސަޕޯޓަރުންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައި އޭނަގެ ކުރިއަށް އޮތް ފިލްމު “ރާދޭ” ގެ ލަވައެއް ދޫކޮށްލައިފިއެވެ.

މި ފިލްމަކީ މި ފިޠުރު ޢީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި ފިލްމުވެސް ވަނީ ރިލީޒްކުރުން ފަސްކޮށްފައެވެ.

“އަހަރެން ތި ފަރާތްތަކަށް އެއްޗެއް ތައްޔާރުކޮށްފަ އޮންނާނެ.. ބަލާފަ ބުނާތި އެ ކިހިނެއްތޯ.. ހުރިހާ އެންމެންނަށް ޢީދު މުބާރަކް.”

ސަލްމާން ޚާންގެ ރަސްމީ ޓުވިޓާ އެކައުންޓް މެދުވެރިކޮށް މި ލަވަ ރިލީޒް ކުރަމުން ބުނެފައިވެއެވެ.

“ބާއީ ބާއީ” ގެ ނަން ދީފައިވާ މި ލަވައިގައި ހަރަކާތްތެރިވެފައިވަނީ ސަލްމާން ޚާންއެވެ. ލަވަ ކިޔާފައިވަނީ ސަލްމާން ޚާންގެ އިތުރުން ރުހާން އަރްޝަދުއެވެ. ސާޖިދު-ވާޖިދު މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައި ވާއިރު ލަވައިގެ ޅެން ހަދާފައިވަނީ ސަލްމާން އާއި، ދާނިޝް ސަބްރީއެވެ. ރެޕް ބައިގެ ޅެން ލިޔެފައިވަނީ ރުހާން އަރްޝަދެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top