ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮލީވުޑްގެ މަޝްހޫރު ލަވަތަކެއް ވަޔަލިން އިން ކުޅޭ މީހެއް – ވައިރަލް ވީޑިއޯ

އިންޑިޔާގެ ކޮލްކަތާ މީހަކު މަގުމަތީގައި ހުރެ ބޮލީވުޑްގެ މަޝްހޫރު ލަވަތަކެއް ވަޔަލިން އިން ކުޅޭ ވީޑިއޯއެއް ވައިރަލްވެއްޖެއެވެ. އުމުރުން ދުވަސްވެފައިވާ މީހަކު މަގުމަތީގައި ހުރެގެން ބޮލީވުޑްގެ އިހުގެ ލަވަތަކެއްގެ ރާގު ވަރަށް ފުރިހަމައަށް އެމީހާ ކުޅޭތަން އެ ވީޑިއޯ އިން ފެނެއެވެ. ވައިރަލް ވެފައިވާ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ.

އާރިފް ޝާހް ނަމަކަށް ކިޔާ މީހަކު، އޭނާގެ ޓްވިޓަރުގައި ހިއްސާކޮށްފައިވާ މި ވީޑިއޯއިން ފެނިގެންދަނީ ބޮގޯބަން މާލީ ނަމަކަށް ކިޔާ މީހެކެވެ. ދެ މިނެޓްގެ މި ވީޑިއޯގައި، ބޮލީވުޑްގެ ގިނަ ލަވަތަކެއް މާލީ ކުޅެފައިވެއެވެ. އެގޮތުން 1964ގައި ރިލީސްކޮށްފައިވާ ފިލްމު “ކަޝްމީރް ކީ ކަލީ” އަށް އާޝާ ބޯސްލޭ އާއި މުޙައްމަދު ރަފީޢު ކިޔާފައިވާ ‘ދީވާނާ ހުވާ ބާދަލް’، 1960ގައި ރިލީޒްކުރި ފިލްމު “ދިލް އަޕްނާ އޯރް ޕްރީތު ޕަރާއީ” އަށް ލަތާމަންގޭޝްކަރް ކިޔާފައިވާ ‘އަޖީބް ދާސްތާން ހެ ޔޭ’ ހިމެނެއެވެ.

ވީޑިއޯ ބަލައިލާ، ރާގުތައް އަޑުއަހައިލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top