“ފޯޓީ ޕްލަސް” ވީމާ ނޯޓީވުމަށް ދެން އޮތީ އެންމެ ތިން ދުވަހެވެ. މާރިޗް 05 ގައި އޮލިމްޕަހުގެ އިސްކިރީނަށް ފިލްމު އަންނާނެއެވެ. ހުނުމާއި މަޖަލުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ފެނިގެންދާނެއެވެ. ކުޑަކޮށް ބިރުގެންފައި އިންދާ ފެންނަ ކަމަކުން އަނެއްކާވެސް ހެއްވައިލާނެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ނެރޭ ބިރުވެރި މަޖާ ފިލްމުން ފެންނާނެ މައިގަނޑު ރަހަތަކެވެ.
“ފޯޓީ ޕްލަސް” ގެ ނޯޓީކަން ނުވަތަ ސާޅީހުން މައްޗަށް ދިޔައިމާ އެ އަންނަ ލާނެތްކަން، އަތޮޅު ތެރެއަށް ފެތުރިގެން ދާކަށްވެސް ގިނަ ވަގުތުތަކެއް ނުނަގާނެއެވެ. އެކަން އެނގެނީ “ފޯޓީ ޕްލަސް”ގެ ޓީމުން ނެރެފައިވާ ޝެޑިއުލުންނެވެ.
އަތޮޅު ތެރޭގެ ގިނަ ސަރަހައްދުތަކެއްގައި ފިލްމު އެޅުވުމަށް ތައްޔާރުވެފައިވާއިރު، މިވަގުތަށް ޔަޤީންވެފައި ހުރި ތަންތަން ހިއްސާކޮށްލާނަމެވެ. “ފޯޓީ ޕްލަސް” ރަށްރަށުގައި އަޅުވާއިރު، ވަރަށް ޚާއްޞަކަމެއްވެސް އެބައޮތެވެ. ކޮންމެ ރަށަކަށްވެސް ފިލްމު އަޅުވަން ދާނީ ފިލްމުގައި ހަރަކާތްތެރިވާ ކޮންމެވެސް ސްޓާރެކެވެ. ނުވަތަ ޓެކްނިކަލް ބޭފުޅެކެވެ.
– މާރިޗް 14 އަދި 15 ގައި ބ. ތުޅާދޫގައި ފިލްމު ޕްރިމިއާކުރަން ދާނީ މިހާރު އެންމެ އުއްމީދީ އެއް ތަރި ޢަލީ އާޒިމް (ދޮން އައްޔަ) އެވެ. ތުޅާދޫ އަންހެންކުދިންނަށް ވަރަށް ނަސީބު ލައްވާލައިފިދޯއެވެ.
– މާރިޗް 15 ގައި ފ. ނިލަންދު އަށް ފިލްމު ޕްރިމިއާކުރަން ދާނީ، “ފޯޓީ ޕްލަސް” ގައި ފެންނާނެ އެންމެ ތަފާތު އެއް ކެރެކްޓަރ ކުޅެފައިވާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ. ފ. ނިލަންދޫ ކުދިން، ޑާންސް އައިޓަމަކަށް، ސްޓެޕްކޮޅެއް ބޭނުމިއްޔާ މި ދަނޑިވަޅުގެ ބޭނުން ހިފަންވާނެއެވެ. ސްޓެޕް އައްޔަ ހުންނާނީ ޑާންސް ސްޓެޕް ބުނެދިނުމުގެ ފުރުޞަތު ލިބިއްޖެއްޔާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.
– މާރިޗް 14 ގައި ޅ. އަތޮޅު ނައިފަރުގައި ފިލްމު ޕްރިމިއާކުރަން ދާނީ ހާއްޕެ އެވެ.
– މާރިޗް 14 ގައި ކުޅުދުއްފުއްޓަށް “ފޯޓީ ޕްލަސް” ގެ ނޯޓީކަން ދައްކައިލަން ދާނީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ޢަލީ ސީޒަން އެވެ.
އެންމެ ނަސީބުގަދަ މިވީ ކުޅުދުއްފުށީ ކުދިންކަމަށްވެސް ބަޔަކު ބުނެފާނެއެވެ. ނަމަވެސް އެއީ ކުންހީއެކެވެ. “ފޯޓީ ޕްލަސް” ޕްރިމިއާކުރެވޭ ކޮންމެ މަހެފިލެއް ވެގެންދާނީ ހުނުމާއި މަޖާކޮށްލެވޭނެ ތަނަކަށެވެ. އެހެންކަމުން، ލަސްނުކޮށް “ފޯޓީ ޕްލަސް” އަށް ތައްޔާރުވަމާ ހިނގާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި