ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފިލްމީ ދުނިޔެ” ޕޭޖް ހިންގަނީ ރާއްޖޭގެ އެޗްޑީ ޓީވީ ޗެނަލަކުން – ދޮން އައްޔަ

ރާއްޖޭގެ ފިލްމީ ދާއިރާގެ ވަކި ބަޔަކު ޕްރޮމޯޓްކޮށް، އަނެއް ބަޔަކު އިނދަޖައްސަލައިލުމަށް މަސައްކަތްކުރަމުން އަންނަ ފޭސްބްކް ޕޭޖް “ފިލްމީ ދުނިޔެ” ހިންގަމުންދަނީީ ރާއްޖޭގެ ވަރަށް މަޝްހޫރު އެޗްޑީ ޓީވީ ޗެނަލަކުން ކަމަށް، ކުރިއަރަމުން އަންނަ އުއްމީދީ އެކްޓަރ ޢަލީ އާޒިމް (ދޮން އައްޔަ) ބުނެފިއެވެ.

“ފިލްމީ ދުނިޔެ” ޕޭޖުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގެ ސްކްރީން ޝޮޓަކާއެކު ދޮން އައްޔަ މި ޕޯސްޓްކޮށްފައިވާއިރު، މަޝްހޫރު އެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ ޕްރޮޑަކްޝަން ތަކާއި އެ ޕްރޮރަޑަކްޝަން ތަކުގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގުވައްޓައިލުމަށް ކެނޑިނޭޅި އެ ޕޭޖުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

“އަޒޯނާ ބަލަން ޖެހެނީ ހޭޝްޓެކް ފިލްމީ ދުނިޔެ ޕޭޖަކީ ރާއްޖޭގެ ވަރަށް މަޝްހޫރު އެޗްޑީ ޓީވީ ޗެނަލް އަކުން ހިންގާ ޕޭޖެއް ވީމަ ދޯ … ފައްކާ އިނގޭ…. ކީޕް އިޓް އަޕް ގައިޒް” ދޮން އައްޔަގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ޢަލީ އާޒިމް ގެ ސްޓޭޓަސް އެއް

މިވަގުތު ރާއްޖޭގެ ސްކްރީންތަކުން އެންމެ ގިނައިން ފެންނަ ޒުވާން އެކްޓަރ ޢަލީ އާޒިމް ބުނީ މިއީ (ފިލްމީ ދުނިޔެ ޕޭޖުން ކުރަމުންގެންދާ ކަންތަކަކީ) ވަރަށް ދެރަކަމެއް ކަމަށާއި ވަކި ބަޔަކަށް ކުރިއެރުމާ ސަޕޯޓް ހޯދަންކުރާ ކަމެއް ކަމަށެވެ.

ދޮން އައްޔަ އިތުރަށް ބުނީ “ފިލްމީ ދުނިޔެ” ޕޭޖް ހިންގާ ޗެނަލްގެ ނަންވެސް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

“ފިލްމީ ދުނިޔެ ޕޭޖް ހިންގާ ޗެނަލްގެ ނަންވެސް ވަރަށް އަވަހަށް ހާމަކުރާނަން. އެމީހުން ފަލީހަތްކޮށްލާނަން.” މުނިއަވަސް އަށް ދޮން އައްޔަ ބުންޏެވެ.

ޝައި ޕްރޮޑަކްޝަންސް އާއި ޔޫއްޕެ ޕްރޮޑަކްޝަންސް އިން އުފައްދައި މިވަގުތު އޮލިމްޕަސް ސިނަމާގައި ހައުސްފުލް ޝޯތަކެއް ދައްކަމުން އަންނަ އަހަރުގެ ބޮޑު ފިލްމު “ފޯޓީ ޕްލަސް”ގެ އަގު ވައްޓައިލުމަށް “ފިލްމީ ދުނިޔެ” ޕޭޖުން ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމީހުންގެ ޕޯސްޓްތަކުން ފާހަގަކުރެވެއެވެ. ޔޫއްޕެ އުފައްދާ އުފެއްދުން ތަކުގައި ހަރަކާތްތެރިވާ ބައެއް ފަންނާނުންގެ އަގުވައްޓައިލަން މަސައްކަތްކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ

“ލޯ ބަޖެޓް ފިލްމެކޭ ކިޔާފަ ޕޯސްޓްތައް ޖެހި. ފިލްމުގެ ތަރިންގެ އަގުވައްޓައިލަން ކެނޑި ނޭޅި ޕޯސްޓްތައް ޖަހައި މަސައްކަތްކުރި. މީގެ އިތުރުން މިދާއިރާގައި އެންމެ ފުންނާބު އުސް ނިޢުމާ އާއި ޔޫއްޕެމެން ފަދަ ބޭފުޅުންގެ އަގު ވައްޓައިލަންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ދިއުމަކީ ހިތާމަހުރި ކަމެއް.” ލަވަތަކުގެ ފަސްމަންޒަރުގައި ނަށަން ހަރަކާތްތެރިވެގެން ފިލްމީ ދާއިރާއަށް ނުކުމެ، މިވަގުތު ސްކްރީންތަކުން ފުޅާ ޖާގައެއް ހޯދާފައިވާ ދޮން އައްޔަ ބުންޏެވެ.

ފިލްމީ ދާއިރާގެ ގިނަބަޔަކު ބުނަމުންދަނީ މިއީ ފިލްމީ ސިނާާއަތުގައި ހަރަކާތްތެރިވަމުން އަންނަ ‘އާއިލާ އެއް’ އަޑީގައި ތިބެގެން ހިންގަމުން އަންނަ ޕޭޖެއް ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ޗާލޭ7 އަހަރު ކުރިން

ވަރަށް ފުއްޕާފަ އުޅޭ ފިލްމީ ފެމެލީއެއް ދަންނަންތަ؟ މީ އެބައިގަނޑު ކުރާ ކަމެއް.

އަޒޫރޯނާ7 އަހަރު ކުރިން

އައްޒަ އަށް މަޝްހުރުކަން ހޯދައިދެމުންދަނީ ޔޫއްޕެ. އެކަމަކު ޔޫއްޕެ ގިއްގަޅުވަން މަސައްކަތް ކުރަމުންދަނީ ކޮން ބައެއްބާ؟ އެމީހުން މިކަން ކުރަން ލަދު ނުގަންނަނީބާ؟

ކީލިބޭ7 އަހަރު ކުރިން

ކޮން ޗެނަލްއެއްކަން ދެން ހެޔޮ ހާމަ ނުކުރިޔަސް. މާ ރީއްޗަށްވެސް އެނގޭ ތީ ކޮން ފެމެލީއެއް ކޮން ޗެނަލަކުން ހިންގާ ކަމެއްކަން.

ދޮނާ7 އަހަރު ކުރިން

ކުނިއަވަސް އެއް މުނިއަވަސް އެއް ކިޔާނެ ކަމެއް ނެތް. ފާޑުފާޑަށް "ފިލްމީ ދުނިޔެ" އާ ނުގެޅެއްޗޭ. މާ ތާހިރެއް ނުވާނެ

Home
Menu
Search
Back to top