ޔޫސުފް ޝަފީއު ލިޔެ، ޑައިރެކްޓްކޮށް ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ ދިވެހި ފިލްމު ”ނަފްރަތުވުމުން“ މިރޭ ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އަޅުވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.
މިމަހުގެ 09 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި ”ނަފްރަތުވުމުން“ގެ މުހިންމު ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) އަހުމަދު އީސާ، އަދި ޔޫސުފް ޝަފީއު އެވެ.
”ނަފްރަތުވުމުން“ގައި ފެނިގެންދާ މައިގަނޑު ހަތަރު ތަރިންގެ ހުނަރަށް ވެސް ގިނަބަޔެއްގެ ތައުރީފު ލިބިފައިވެއެވެ. ހާއްސަކޮށް އައްޒަ ދައްކުވައިދިން ހިތާމަވެރި މަންޒަރުތަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.
”ނަފުރަތުވުމުން“ ފުރަތަމަ ޝޯ ބެލި ހުރިހާ ބެލުންތެރިންހެން ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރި އެވެ.
މިއީ ޔޫއްޕެގެ މޮޅު ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެއްކަން ފާހަގަކޮށްލެވުނެވެ. ހަމަ އެހެންމެ ފިލްމުގެ ޑައިރެކްޝަން އާއި ތަރިންގެ އެކްޓިންއާމެދު ޔޫއްޕ،ެ މީޑިއާތަކަށް އާއްމުކުރި ވާހަކަތަކުގެ ތެދުކަން މި ފިލްމު ބަލައިލުމުން އަނެއްކާވެސް ސާބިތުވެއްޖެއެވެ. އެހެންކަމުން މިފަހަރުގެ ސްކްރީންޕްލޭ އަށްވެސް ދެވެން އޮތީ ސަތޭކައެވެ. ނޭވާ ހިފަހައްޓާލަންޖެހުނު އެތަށް ވަގުތެއް އައި މި ފިލްމުގައި މުޅި ހާދިސާ ގެނެސްދީފައިވާ ގޮތް ވަރަށްވެސް ފުރިހަމައެވެ.
އުމުރުން 18 އަހަރުން މަތީ މީހުންނަށް ޚާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމް ޓިކެޓް ވިއްކަމުންދަނީ ކުޅުދުއްފުށީ ޕެންޓާގުރާމް ފިހާރައިންނެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓް ހޯދުމަށް ގުޅަން ޖެހޭ ނަންބަރަކީ 9944032 އެވެ.
މިވަގުތު ވިކެމުން ދަނީ ފުރަތަމަ ޝޯ ގެ ޓިކެޓް ނަމަވެސް މި ޝޯ ފުލްވެއްޖެނަމަ ދެވަނަ ޝޯ އެއް އެޅުވުމަށް މަސައްކަތްކުރަމުންދާކަމަށް މަޢުލުމާތު ލިބެއެވެ.
މިއީ ހަމަގައިމުވެސް ޔޫއްޕެގެ ލޯބީގެ ފިލްމަކަށް ގިނަ ބެލުންތެރިންތަކެއް ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން ގެނެސްދިން ފިލްމަކަށް ވާނެ ވަރުގެ މޮޅު ފިލްމެކެވެ. ލޯބީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން، ނިކަން ލޯބިން ތިބެ ބަލައިލަން މިއީ ހަމަ ވަރަށް ލޯބި ލޯބި ފިލްމަކަށް ވާނެއެވެ.
”ނަފްރަތުވުމުން“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




