ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދައި މިމަހު 09 ގައި ރިލީޒްކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމު “ނަފްރަތުވުމުން” އަށް ބެލުންތެރިންގެ ތަޢުރީފް އޮހެން ފަށައިފިއެވެ. ފިލްމުގެ ފުރަތަމަ ޝޯއަށްފަހު ފިލްމުބެލި ގިނަބަޔަކު ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވާއިރު، ކޮންމެ ޝޯ އަކަށްފަހު ފިލްމަށް ތަޢުރީފްކޮށްފައިވާ ޕޯސްޓްތައް ބެލުންތެރިން އާއްމުކުރަމުން ދެއެވެ.
އަސަރުގަދަ ލޯބީގެ ފިލްމު ބަލާ އޯޑިއަންސަށް އަމާޒުކޮށް އުފައްދާފައިވާ “ނަފްރަތުވުމުން”ގެ ހަތަރު ޝޯ އެއް އޮލިމްޕަހުގައި މިހައިތަނަށް ދައްކައިފިއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައިވެސް މިމަހުގެ 11 ވަނަ ދުވަހުގެރޭ ދައްކާފައިވެއެވެ.
“ނަފްރަތުވުމުން” އަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ކޮމެންޓްތަކަށް ބަލައިލާއިރު ފިލްމީ ތަރިންނާއި އާއްމުންގެ ފަރާތުންވެސް ލިބެމުންދަނީ ފަހި ކޮމެންޓްތަކެއްކަން ފާހަގަކޮށްލެވެއެވެ.
ޔޫސުފް ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ “ނަފްރަތުވުމުން”ގެ މުހިންމު ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) އަހުމަދު އީސާ، އަދި ޔޫސުފް ޝަފީއު އެވެ.
މިއީ މުޖްތަމައުގެ ތެރޭގައި ހިނގަމުންދާ މުހިންމު ގިނަ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ފިލްމެކެވެ. އެތަކެއް އިބްރަތްތަކެއް ލިއްބައިދޭ ފިލްމެކެވެ.
https://www.facebook.com/339378213523463/videos/763580517362203/
“ނަފްރަތުވުމުން” ބެލި ގިނަ ބަޔަކު އެ މީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އެންމެ ބޮޑަށް ތަރުހީބު ލިބެމުންދަނީ ފިލްމުގެ ޑައިރެކްޓަރު ޔޫއްޕެއަށެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުން މިއީ ޔޫއްޕެ މިހާތަނަށް ގެނެސްދިން އެންމެ މޮޅު އެއް ފިލްމެވެ.
“ނަފްރަތުވުމުން”ގައި ފެނިގެންދާ މައިގަނޑު ހަތަރު ތަރިންގެ ހުނަރަށް ވެސް ގިނަބަޔެއްގެ ތައުރީފު ލިބިފައިވެއެވެ. ހާއްސަކޮށް އައްޒަ ދައްކުވައިދިން ހިތާމަވެރި މަންޒަރުތަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.
https://www.facebook.com/339378213523463/videos/288910798472509/
”ނަފުރަތުވުމުން“ ފުރަތަމަ ޝޯ ބެލި ހުރިހާ ބެލުންތެރިންހެން ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރި އެވެ.
އުމުރުން 18 އަހަރުން މަތީ މީހުންނަށް ޚާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ މި ފިލްމް ޓިކެޓް ނެގުމަށް 7384040 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ޕްރޮޑަކްޝަން ޓީމުން އެދެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00 ހަމައަށް އޮލިންޕަހުގެ ކައުންޓަރުތަކުން ޓިކެޓް ވިއްކަމުންދާނެ އެވެ.
މިއީ ޔޫއްޕެގެ މޮޅު ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެކެވެ. ހަމަ އެހެންމެ ފިލްމުގެ ޑައިރެކްޝަން އާއި ތަރިންގެ އެކްޓިންއާމެދު ޔޫއްޕ،ެ މީޑިއާތަކަށް އާއްމުކުރި ވާހަކަތަކުގެ ތެދުކަން މި ފިލްމު ބަލައިލުމުން އަނެއްކާވެސް ސާބިތުވެއެވެ.
“ނަފްރަތުވުމުން”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރ މުނިއަވަސް އެވެ.
