ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވީގޮތް” ބަލަން ތައްޔާރުތަ؟

ވީމީޑިއާގެ ވީޓީވީން ކޮންމެ ރަމަޟާން މަހަކު ގެނެސްދެމުން އަންނަ ބިރުވެރި ޑްރާމާ ސީރީޒް “ވީގޮޮތް” ބަލަން ތައްޔާރު ހެއްޔެވެ؟ މިއަހަރުވެސް ވީޓީވީން މި ސިލްސިލާގެ ފަސް އެޕިސޯޑް ގެނެސްދިނުމަށް ތައްޔާރުވެފައިވާކަމަށް ޑްރާމާގެ އެއް ޑައިރެކްޓަރ މުނޯ ބުނެފިއެވެ.

މުނިއަވަސް އަށް މުނޯ ބުނީ މިއީ އެކިއެކި މީހުންނަށް ދިމާވެފައި ހުންނަ ބިރުވެރި ހާދިސާތައް ގެނެސްދިނުމަށް ވީޓީވީން ތައްޔާރު ކުރަމުން އަންނަ ސީރީޒެއް ކަމަށާއި މިފަހަރު މިގެނެސްދެނީ މި ސީރީޒްގެ ފަސްވަނަ ސީޒަން ކަމަށެވެ.

މުނޯ ބުނީ މި ސީރީޒްގައި ހަރަކާތްތެރިވަނީ މުޅިންވެސް ފިލްމީ ދާއިރާއަށް އާކުދިން ކަމަށެވެ. ވީޓީވީން ޕްރޮޑިއުސްކޮށް އުފައްދާ މި ޑްރާމާގެ އެޕިސޯޑްތައް ޑައިރެކްޓް ކުރަނީ ލިޝާ އާއި މުނޯ އެވެ. ކެމެރާ ކޮށްފައިވަނީ ޒިފާފް އެވެ.

“ވީގޮތް” އުފެއްދުމުގެ މަސައްކަތުގައި – ފޮޓޯ: ވީގޮތް ޕޭޖް

“ވީ މީޑިއާގެ ގިނަ ސްޓާފުންގެ އެހީތެރިކަން ޝޫޓިންގ އަށް ލިބުނުކަން ފާހަގަކޮށްލަން. މީގަ ކާސްޓުންގެ ގޮތުގައި ގިނަވާނީ ހަމަ ވީ މީޑިއާގެ ސްޓާފުން. އޭގެ ބޭނުމަކީ މިކަމަށް އިންޓަރެސްޓް ހުންނަ ކުދިންނަށް ފުރުޞަތުދީ އާކުދިން ނެރުން.” ޑްރާމާ ސީރީޒްގެ ކާސްޓުންނާމެދު މުނޯ ބުންޏެވެ.

ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 25 މިނެޓް ކަމަށާއި ޑްރާމާ ޝޫޓްކޮށްފައިވާ ލޮކޭޝަން ސިއްރެއްގެ ގޮތުގައި ހާމަނުކޮށް މިވަގުތަށް ބާއްވަން ބޭނުންކަމަށް ވެސް މުނޯ ބުންޏެވެ.

https://www.facebook.com/veegoiy/videos/403563420223669/?v=403563420223669

“ވީގޮތް” ޑްރާމާ ސީރީޒްގެ ޓީޒާއެއް އާއްމުކޮށްފައިވާއިރު، ސުޕަނެޗުރަލް ފިލްމުތަކުގައި ފެންނަފަދަ މޮޅު އިފެކްޓެއް ހިމެނޭ މަންޒަރެއް ހިމަނާފައިވެއެވެ.

“ވީގޮތް” އުފެއްދުމުގެ މަސައްކަތުގައި – ފޮޓޯ: ވީގޮތް ޕޭޖް

ވީޓީވީން މި ސީރީޒް ދައްކާނެ ދުވަހަކާއި ގަޑިއެއް އަދި ހަމަޖައްސާފައި ނުވާކަމަށްވެސް މުނޯ ބުންޏެވެ. ޑްރާމާ އުފެއްދުމުގައި ވީމީޑިއާގެ ޑިޕާޓްމެންޓް ތަކުގެ އިސްވެރިންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނުކަންވެސް މުނޯ ފާހަގަކުރިއެވެ.

ވީމީޑިއާގެ ވީ އެންޓަޓެއިންމެންޓަކީ މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅުންހުރި އުފެއްދުންތައް ޕްރޮޑިއުސްކޮށް އުފައްދަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top