ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިއްޓެގެ ”އޯގާވާށޭ“ ރިލީޒްކޮށްފި

ރިޝްވާން އައިމަން (ރިއްޓޭ)ގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް ވައިގައި ހިފި ލަވަ ”އޯގާވާށޭ“ގެ ވީޑިއޯ ރިލީޒްކޮށްފިއެވެ. ރިޝްވާން ބުނީ މިއީ ބެލުންތެރިންނަށް އޭނާގެ ފަރާތުން ދޭ ހަދިޔާއެއް ކަމަށެވެ.

ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ރިޝްވާން ކިޔާފައިވާ މި ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވަނީ ރިޝްވާން އާއި ބޭރުގެ ފަންނާނެއް ކަމަށްވާ އެލީނާ ބަގޮޗެވާ އެވެ. މިއީ ރިޝްވާންގެ ފުރަތަމަ އޮފިޝަލް ވީޑިއޯ ލަވަ އެވެ.

“މިއީ އަޅުގަނޑުގެ އަމިއްލަ އުފެއްދުމެއް. މިއީ ވަރަށް ބުރަމަސައްކަތެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދެއްވާ ހިތްވަރާ ސަޕޯޓަށް. އިންޝާﷲ، ވަރަށް ރަނގަޅު މަސައްކަތް ކުރިއަށް އެބަހުރި. އިންތިޒާރުކުރާތި!” މުނިއަސް މެދުވެރިކޮށް ރިޝްވާން ބުންޏެވެ.

ލަވައިގެ ޅެންވެރިކަމަކީ ރިޝްވާންގެ ޅެންވެރިކަމެވެ. އޭޕްރީލް ފަސްވަނަ ދުވަހު ރިލީޒްކޮށްފައިވާ މި ލަވަ މިހާރު އުޅެނީ ޗެނަލްތަކުގެ ލަވަ ޗާޓުގެ އެންމެ ކުރީގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top