ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ލޭގެ ކެންސަރުގެ ޝިކާރައަކަށްވި ޔޫސުފް (ހެޕީ) ލޭ ހޯދައިދިނުމަށް ތަފާތު ޚިދުމަތެއް

ޔޫސުފް ޚަލީލް ނުވަތަ އާންމު ނަމުން ނަމަ ހެޕީ އަކީ ލ.ގާދޫ އަށް އުފަން އެހެން ނަމަވެސް މިހާރު ފޮނަދޫ ރައްޔިތެކެވެ. ކުޑައިރުއްސުރެން އައިޓީ ކަންކަމުގައި މަސްޢޫލުވެ އުޅެމުން އަންނަ ހުނަރުވެރި އެކެވެ. އެހެންނަމަވެސް ޔޫސުފްގެ އެންމެ ޒުވާން އުމުރުގައި ލޭގެ ކެންސަރާއި ކުރިމަތިލާން ޖެހުމަކީ ޔޫސުފަށް ލިބުނު ވަރަށްބޮޑު ހިތްދަތިކަމެކެވެ. ނަމަވެސް ދިރިއުޅުމަކީ ހަނގުރާމަ އެއް ކަމުގައި ދެކެ، ކަންތައްތައް ދިމާވާނީ ފިސާރި ފިރިހެނުންނާއޭ ބުނާ ބީދައިން ޔޫސުފް ވިސްނީ ކެރިގެން ހިތްވަރާއެކު އެކަމާ ކުރިމަތި ލާށެވެ.

ކެންސަރު ބަލީގެ ސަބަބުން ރާއްޖޭން ބޭރުގައި ހުރެގެން ނޫނީ އޭރު ފަރުވާކުރެވެން ނެތުމުން ޔޫސުފުގެ ދިރިއުޅުން އިންޑިއާއަށް ބަދަލު ކުރަން ޖެހުނެވެ. އެކަން ވެގެން ދިޔައީ އޭނާގެ މުސްތަޤްބަލަށް ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމަކަށެވެ. އެހެންނަމަވެސް ޔޫސުފުގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. ޢަޒުމަކަށް ކުޑަ ނަމަވެސް ލޮޅުމެއް ނާރައެވެ. ބައްޔަށް ފަރުވާ ކުރުމުގެ ފުރަތަމަ މަރުހަލާގައި އިތުރު ކަމެއް ނުކުރެވުނަސް މާކަ ގިނަދުވަހެއް ނުވެ ޔޫސުފު ކެރިއަރެއް ބިނާކުރަން އަޒުމް ކަނޑައަޅާ އެކަން ފެށިއެވެ.

ކުޑައިރުއްސުރެން ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ޔޫސުފް ވިސްނީ ފޮޓޯގްރާފަރަކަށް ވާށެވެ. އެހެންކަމުން ރާއްޖޭން ބޭރުގައި ކެންސަރު ބައްޔަށް ފަރުވާ ކުރަމުން، ފޮޓޯ ނެގުމުގެ ދާއިރާއިން އެއްޗެއް ދަސްކުރުމުގެ ނިޔަތުގައި ފެށި މަސައްކަތުގެ ނަތީޖާ އަކީ މިއަދު ޔޫސުފް އަކީ މަޝްހޫރު ފޮޓޯގްރާފަރަކަށް ވުމެވެ.

ނަން މަޝްހޫރު ފޮޓޯގްރާފަރަކަށް ވިޔަސް އެވަރަކުން ޔޫސުފްގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ލެޔާއި ގުޅުންހުރި ކޮންމެވެސް ކަމެއް ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކުރުމަށް އަޒުމް ކަނޑައެޅި އެވެ. އެގޮތުން ލެއަށް ބޭނުންވެފައިވާ ބަލިމީހާއަށް ލޭ ހޯދަން އެތައް ބަޔަކަށް ގުޅައިގެން އާއްމު ރައްޔިތުން އުޅެންޖެހޭ ހާލަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމަށް ޔޫސުފް އަޒުމް ކަނޑައެޅި އެވެ.

ލެއަށް ބޭނުންޖެހިފައިވާ މީހުންނަށް ލޭ ހޯދައިދިނުން ފަސޭހަކޮށްދިނުމަށް ޔޫސުފު ފެއްޓީ ވަރަށް ތަފާތު މަސައްކަތެކެވެ. ޒަމާނީ ގޮތެކެވެ. “ހަދިޔާ ޑޮޓް އެމްވީ” ގެ ނަމުގައި އޮންލައިން ވެބްސައިޓެއް ތައްޔާރުކޮށް އާއްމުކުރިއެވެ. “ހަދިޔާ ޑޮޓް އެމްވީ” އަކީ އެ ވެބްސައިޓަށް ވަދެ އެމީހަކު ބޭނުންވާ ލޭގެ ގްރޫޕެއްގެ ލޭ ހޯދުމަށް ކޮށައިދީފައިވާ ވަރަށް ފަހި، އުއްމީދާއި ދިރުން ގެނެސްދޭ ވެބްސައިޓެކެވެ.

ހަދިޔާ ޑޮޓް އެމްވީ” ފަރުމާކޮށްފައިވާގޮތުން ބޭނުންވާ ލޭގެ ގްރޫޕް ސެލެކްޓްކޮށް، އެ ގްރޫޕްގެ ލޭ ހުރި މީހުންގެ ވަނަވަރު ބަލައިލެވެއެވެ. އެގޮތުން އެމީހާގެ ރަށާއި، ގުޅޭނެ ނަންބަރު ފަދަ މުހިންމު މަޢުލޫމާތުތައް އެކުލެވެއެވެ.

https://www.facebook.com/hadhiya.mv/videos/2320313281538877/

ހަދިޔާ ޑޮޓް އެމްވީ” އަކީ ލޭ ހޯދުމަށް އޮތް ވަރަށް ފަސޭހަ މަގެކެވެ. މިއީ ހަމަގައިމުވެސް އާއްމުކޮށް ހުޅުވައިލެވިފައިވާ ދަރުމަހުރި، ދަރުމަވެރި މަސައްކަތެއްކަން ޔަޤީނެވެ.

އަޅުގަނޑުމެން އެދެނީ ޔޫސުފް ގެ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުމެވެ.

ހަދިޔާ ޑޮޓް އެމްވީ” ގެ ޕްރޮޕޯސަލް

https://www.facebook.com/hadhiya.mv/videos/1523066701159439/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ލާމު7 އަހަރު ކުރިން

ތީ ތިހެންވެސް ބިއެއްގެ އަތުން ލާރިގަޑެއް ކާލެވޭތޯ

shah7 އަހަރު ކުރިން

meega hamaekani register veveny laamu atholhu meehunah ekani

Home
Menu
Search
Back to top