ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާމިރު، މިހާރު އަޅުގަނޑު ލަވައެއް ކުޅެފިއްޔާ ހިނގާނެތޯ؟ – ރީކޯ މޫސަ

ރާއްޖެ ޓީވީން ދައްކަމުން އަންނަ މަޤްބޫލު ޝޯ ‘ފަށާއިރު’ ޕްރޮގްރާމުގައި މިއަދު ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެލެއްވި ކުރީގެ ފިލްމީތަރި އަދި މިހާރު ނިމެމުންމިދާ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކް ފިލްމީ ދާއިރާއާއި އަލުން ގުޅިވަޑައިގަންނަވަން އުޅުއްވާފަދަ އިޝާރާތެއް ކުރައްވައިފިއެވެ.

ގިނަ ސިޔާސީ ވާހަކަތަކެއް ދައްކަމުން ގޮސް ޕްރޮގްރާމުގެ ހޮސްޓް އާމިރު ސަލީމް މޫސައާއި ކުރި ސުވާލެއްގެ ޖަވާބުގެ ތެރެއިން މޫސަ އާމިރު އާ ސުވާލެއްކުރެއްވިއެވެ.

“އާމިރު، މިހާރު އަޅުގަނޑު ލަވައެއް ކުޅެފިއްޔާ ހިނގާނެތޯ؟” ހިނގާނެ ކަމަށް ބުނެ މޫސަގެ ސުވާލަށް އާމިރު ދިން ކުރު ޖަވާބާއެކު އަނެއްކާވެސް ލަވައެއް ކުޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

“ރާއްޖެ ޓީވީން ލަވައެއް ހަދައިދޭންވީ ނޫންތޯ އަޅުގަނޑު ކުޅެލަން.” މޫސަގެ މަޖާ މިޒާޖުގައި ވިދާޅުވިއެވެ.

“ކުޅުއްވާނަންތޯ؟” އާމިރު ސުވާލުކުރެއްވިއެވެ.

“ޔަޤީނެއްނު” މޫސަ އާނ ބަސް ދެއްވިއެވެ.

މޫސަ ވިދާޅުވީ މޫސައަށް ފިޓްވާ ކަހަލަ ލަވައެއް ހަދާކަމުގައި ވާނަމަ ރާއްޖެ ޓީވީއަށް ލަވައެއް ކުޅެދެއްވަފާނެ ކަމަށެވެ. އެއަށްފަހު މޫސަ ކުރެއްވީ މުހިންމު ސުވާލެކެވެ.

“ސިޔާސީ ގޮތުން ހުންނަ މީހަކު ލަވައެއް ކުޅެލުން އެއީ ހަޑިކަމަކަށް ވާނެތޯ؟”

ޖަވާބުގައި ޕްރޮގްރާމުގެ ހޯސްޓް ބުނީ ނުވާނެ ކަމަށެވެ. އެއަށްފަހު ރާއްޖޭ ޓީވީން އުފައްދާ ލަވައެއްގައި މޫސަ ބައިވެރިވެލައްވަން ވާނެކަމަށް ހޯސްޓް ދެންނެވިއެވެ.

މޫސަ ވިދާޅުވީ ރާއްޖެ ޓީވީން މޫސަ ލައިގެން ތައްޔާރުކުރާ ލަވައަކީ ސިޔާސީ ލަވައަކަށް ވެގެން ނުވާނެ ކަމަށާއި ލަވައާއި މިއުޒިކަކީ ސިޔާސީ އެއްޗެއްގެ ގޮތުގައި ނަގައިގެން ނުވާނެކަމަށާއި އެއީ އެންޓަޓެއިންމެންޓްގެ ގޮތުގައި ކުރާ ކަންކަން ކަމަށެވެ. މޫސަ އިތުރަށް ވިދާޅުވީ ލަވަ ކުޅުއްވާނީ މޫސަވެސް ޤަބޫލުކުރައްވާ ގޮތަކަށް ލަވައިގެ ޑައިރެކްޝަން ހަދާފަ ހުންނަނަމަ ކަމަށެވެ. މީގެ އިތުރުން ރާއްޖެ ޓީވީގެ ޕްރެޒެންޓަރ ނާޒް ފަދަ ރީތި ކުއްޖަކު ލައިގެން ލަވަ ކުޅެންޖެހޭނެ ކަމަށް ސަމާސާކުރައްވަމުން ފާހަގަކުރެއްވިއެވެ.

https://www.facebook.com/DhilavaFanPage/videos/2366207146742977/?eid=ARDrpaRrUEDwzkh9fJV56_n5j7VsjtcsWslo_EKdTZxQF_X1Z2L0NUS_jfRwMQD7q27ab9PrQHyxknLQ

މޫސަ ކުޅުއްވާފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކުރެއްވޭ ފިލްމަކީ “ފަތިސްހަނދުވަރު” ކަމަށްވެސް މި ޕްރޮގްރާމުގައި މޫސަ ވިދާޅުވިއެވެ. ކައިރި ކުރިމަގެއްގައި ފިލްމީ ދާއިރާއިން މޫސަ ފެނިދާނެކަމަށް މޫސައާއި އާމިރުގެ ވާހަކަތަކުން ފާހަގަކުރެވުނެވެ. އެގޮތުން  ރާއްޖެ ޓީވީން އުފައްދާ ވީޑިއޯ ލަވައަކުން މޫސަ ފެނިގެންދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top