ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޯޔަލް ރެޑްސް އާއި ކާލާމަންނަ ފެށީ މޮޅަކުން
މަހިބަދޫ ޔޫތު ހޭންޑްބޯލް - އެފްބީ

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ހޭންޑްބޯލް ހަތަރުވަނަ މުބާރާތުގައި، ރޯޔަލް ރެޑްސް އާއި ކާލާމަންނަ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ރޭ ކުޅެވުނު މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގައި ހިމެނޭ ރޯޔަލް ރެޑްސް އާއި ކުއީން ބީސް އެވެ. މުބާރާތް ބޭއްވި ތިން އަހަރުގެ ވެސް ޗެމްޕިއަން ރޯޔަލް ރެޑްސް މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ތަފާތުބޮޑު ނަތީޖާއަކުން ނެވެ. މެޗު އެކުގައި ކަހަލަ ގޮތަކަށް އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު ރޯޔަލް ރެޑްސްއިން ވަނީ މެޗުގެ ފުރަތަމަ ހަތަރު މިނިޓްތެރޭ 6 ލަނޑު ޖަހައިފަ އެވެ.

މި މެޗުގައި ކުއީން ބީސްއިން ޖެހި ފުރަތަމަ ލަނޑު ޖަހައިފައި ވަނީ ރޯޔަލް ރެޑްސްއިން 6 ލަނޑު ޖެހި ފަހުން ނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރޯޔަލް ރެޑްސްއިން 19 ލަނޑު ޖެހިއިރު، ކުއީން ބީސްއަށް ޖެހުނީ 4 ލަނޑެވެ. މި ހާފުގައި ރޯޔަލް ރެޑްސްގެ ލަނޑުތައް ޖަހައިދިނީ ފާތިމަތު ޖުނާ، މަރިޔަމް އަރުސާ، އާއިޝަތު ޝަމްހާ އަލީ، ފާތިމަތު ޝާރަތު، މަރިޔަމް ހިންދު އެވެ. ކުއީން ބީސްގެ ލަނޑުތައް ޖަހައިދިނީ އީނާ ނިމާލް އާއި އާމިނަތު ލިވާ މުޙައްމަދު އެވެ.

ދެވަނަ ހާފުގައި ވެސް ރޯޔަލް ރެޑްސްގެ ފަރާތުން ފެނުނީ ތަފާތުބޮޑު މޮޅު ކުޅުމެކެވެ. މި ހާފުގައި ރޯޔަލް ރެޑްސްއިން އިތުރު 14 ގޯލް ޖެހިއިރު، ކުއީން ބީސްއަށް ޖެހުނީ 3 ގޯލެވެ. މި ހާފުގައި ރޯޔަލް ރެޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފާތިމަތު ޖުނާ، މަރިޔަމް އަރުސާ، އާއިޝަތު ޝަމްހާ އަލީ، ފާތިމަތު ޝާރަތު، ހައްވާ ޝާމަތު އެވެ. މި ހާފުގައި ކުއީން ބީސްގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ލިވާ މުޙައްމަދާއި ސަންފާ ސިހާމާ އެވެ.

މިވެސް ކިޔާލަން:  މަހިބަދޫ ކައުންސިލްގެ ހަތަރުވަނަ ހޭންޑްބޯލް މުބާރާތް ފަށައިފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލް ރެޑްސްގެ ފާތިމަތު ޖުނާ އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ކާލާމަންނަ އާއި ބުލޫ ހާރޓްސް އެވެ. މިއީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ މެޗެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ކާމިޔާބުކުރުމަށްޓަކައި ފުރަތަމަ މިނިޓުން ފެށިގެން ދެ ޓީމުން ވެސް ވަނީ ވަރުގަދަ އެޓޭކިންގ ކުޅުމެއް ދައްކައިފަ އެވެ.

މި މެޗުގެ ފުރަތަމަ މިނިޓްގައި ސޮފާ ގާސިމް ކާމިޔާބު ކޮށްދިން ލަނޑުން ކާލާމަންނަ ލީޑު ނެގި ނަމަވެސް، ފިޒާނާ މުޙައްމަދާއި މަރިޔަމް އިމްސާ ކާމިޔާބުކޮށްދިން ދެ ލަނޑުން ބުލޫ ހާރޓްސް ކުރި ހޯދިއެވެ. އަވަސް ލަނޑުތަކެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ކާލާމަންނައިން 7 ލަނޑު ޖެހިއިރު، ބުލޫ ހާރޓްސްއިން 6 ލަނޑު ޖެހިއެވެ. މި ހާފުގައި ކާލާމަންނަގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސޮފާ ގާސިމް، ސަންފާ ނީޝާ، ސުރުފާ ހުސައިން އެވެ. ބުލޫ ހާރޓްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފިޒާނާ މުހައްމަދު، މަރިޔަމް އިމްސާ، ހައްވާ ލަމްހާ، ޖުވޭރިޔަތު ނާސިރު އެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެކެވެ. މި ހާފުގައި ކާލާމަންނައިން އިތުރު 11 ލަނޑު ޖެހިއިރު ބުލޫ ހާރޓްސްއަށް ޖެހުނީ 7 ލަނޑެވެ. މި ހާފުގައި ކާލާމަންނައަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ސޮފާ ގާސިމް، ސަންފާ ނީޝާ، ސުރުފާ ހުސައިން، ލިމްޔާ އަލީ ގާސިމް، ނަޝާޔާ ހަސަން އެވެ. ބުލޫ ހާރޓްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް އިމްސާ، ހައްވާ ލަމްހާ، ހައްވާ ޝަޒްލާ އެވެ.

މިވެސް ކިޔާލަން:  މަހިބަދޫ ކައުންސިލްގެ ހަތަރުވަނަ ހޭންޑްބޯލް މުބާރާތް ފަށައިފި

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކާލާމަންނަ ޓީމުގެ ސޮފާ ގާސިމް އެވެ.

މި މުބާރާތުގެ ދެ މެޗު މިރޭ ވެސް އޮންނާނެ އެވެ. 20:15 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ރޯޔަލް ރެޑްސް ޖޫނިއާރ އާއި ކާލާމަންނަ ބައްދަލު ކުރާއިރު، 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ރޯޔަލް ރެޑްސް އާއި އެޕްކްސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top