ބާގަރ އަކީ ރޯދަވީއްލާ ގަޑިއަށް ވަރަށް ކަމުދާނެ ކެއުމެކެވެ. ވަކިން ޚާއްޞަކޮށް ތުއްތުކުދިންނަށެވެ. އެހެންކަމުން މިއަދުގެ މުނިއަވަސް ރަހަފަތުގައި މިގެނެސްދެނީ ތެލުލި ކަނޑުމަސް ބާގަރ ތަައްޔާރުކުރާނެ ރަހަފަތެކެވެ.
ބޭނުންވާ ތަކެތި
– 3 ބާގަރ ބަނަސް
– 3 މޭޒުމަތީ ސަމުސާ ލޮނުމިރުސް ހަވާދު
– 3 މޭޒުމަތީ ސަމުސާ ކޯން ފްލަރ (ޒުވާރި ފުށް)
– 2 ސައިސަމުސާ ސޯޔާސޯސް
– 1 ޖޯޑް ކުކިން އޮއިލް
– 1 ގަނޑު ކަނޑުމަސް (ސްވިސް ރޯލް ގޮތަށް ކޮށާފައި)
– 3 ފޮތި ސްލައިސް ޗީޒް
– 1 ލެޓިއުސް ފަތް
– 6 މޭޒުމަތީ ސަމުސާ ސަބްމެރިން ސޯސް
ހައްދަވާނެގޮތް
– ސްވިސް ރޯލްގޮތަށް ކޮށާފައިހުރި ކަނޑުމަސް ތަށްޓަކަށް އެޅުމަށްފަހު ސޯޔާސޯސް، ލޮނުމިރުސް ހަވާދު އަދި ކޯން ފުލަރ އެޅުމަށްފަހު ރަނގަޅަށް މަސްތަކާއި އެއްކޮށްލާށެވެ. އެއްކޮށްލުމަށްފަހު 5 މިނެޓް ވަންދެން މަތިޖަހާފައި ބަހައްޓާށެވެ.
– ތަވަޔަށް ތެޔޮފޮދު އަޅުއްވައި ހޫނުކޮށްލުމަށްފަހު މެރިނޭޓް ކޮށްފައިވާ މަސްތައް ތަވަޔަށް އަޅައި ރޯފިލަންދެން ތެލުލާށެވެ.
– ބާގަރ ބަނަސް ދެފަޅިއަށް ފަޅައިލުމަށްފަހު ދެފަޅީގައިވެސް ސަބްމެރިން ސޯސް އުނގުޅައިލާށެވެ.
– ތެލުލި މަސްތައް ބަނަހުގެ އެއްފަޅީގައި ރީތިކޮށް އަތުރާލާށެވެ.
– ޢެއަށްފަހު ޗީޒްފޮތި އޭގެމަތީގަ ބާއްވާށެވެ. އަދި ޗީޒްފޮތީގެ މަތީގައި ލެޓިއުސް ފަތުގެ ފަޅިއެއް ބާއްވާލުމަށްފަހު ބަނަހުގެ އަނެއްފަޅި މަތިން ޖަހާށެވެ.
– އެއަށްފަހު އަވަނުން 20 މިނިޓްވަންދެން ހޫނުކޮށްލާށެވެ.
