ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
އެކްސްޓްރާ ފަޖް ކޭކް – މުނިއަވަސް ރަހަފަތް

ޗޮކްލެޓްގެ މީރުރަހައާއި އެކުގައި ކޭކްގެ ރަހައަކީ އަނގަޔަށް ނިކަން މީރު ރަހައެއްދޯ އެވެ. މިއަދު މުނިއަވަސް ރަހަފަތުގައި މި ގެނެސްދެނީ އެކްސްޓްރާ ފަޖް ކޭކް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:
– 1 ޗޮކްލެޓް
– 3/4 ޖޯޑް ބަޓަރ
– 2 ބިސް
– 1 ޖޯޑް ހަކުރު
– 2 ސަމުސާ ވެނީލާ އެސެންސް
1 ސަމުސާ ލޮނު
– 3/4 ޖޯޑު ފުށް
– 1/4 ޖޯޑު ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެގޮތް:
– ޗޮކްލެޓް ކުދިކޮށް ކޮށާލުމަށްފަހު އެއްބައި މެލްޓް ކޮށްލާށެވެ. އަނެއްބައި ބަހައްޓާށެވެ.
– ބަޓަރކޮޅު ވެސް މެލްޓްކޮށްލުމަށްފަހު ބަޓަރ އަދި ހަކުރުތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބިސް އެޅުމަށްފަހު ގިރާލާށެވެ.
– ދެން އެއަށްފަހު މެލްޓްކޮށްފައި ބެހެއްޓި ޗޮކްލެޓް ކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ.
– ފުށް، ކޮކޯޕައުޓަރ އަދި ލޮނު ފުރާނާލުމަށްފަހު ތަށްޓަށް އަޅައި ގިރާލުމަށްފަހު ކުރިން ބެހެއްޓި ޗޮކްލެޓް ކޮޅުވެސް އަޅާލާށެވެ.
– ދެން އަވަނުގައި 350ޑިގްރީއަށް 20 މިނިޓް ވަންދެން ފިހެލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
އަޙްމަދު ރަޝީދު6 އަހަރު ކުރިން

އަޅުގަނޑަށް ހީވަނީ 200ގްރާމް ވަރު ކަމުދާނެހެން

ނީން6 އަހަރު ކުރިން

ކިހާ ވަރެއްގެ ޗޮކްލެޓެއްތަ ބޭނުން ކުރަނވީ

Home
Menu
Search
Back to top