މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ފުރަތަމަ ވެބް ސީރީޒް “ޝޫ” Shhh ބައިސްކޯފު އެޕްލިކޭޝަނުން މިހާރު ވަނީ ދައްކަން ފަށާފައެވެ.

ހަފުތާގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އައު އެޕިސޯޑެއް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ “ޝޫ” Shhh ސީރީޒްގެ ފުރަތަމަ ސީޒަން ރަމަޟާން މަހު އެއްކޮށް ދައްކާނެ އެވެ. ޖުމްލަ ފަސް އެޕިސޯޑަށް ތައްޔާރުކޮށް ގެނެސްދޭން ފަށާފައިފާ އެ ސީރީޒްގެ ދެވަނަ ސީޒަން ވެސް ކައިރި ކުރިމަގެއްގައި ދައްކާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ބުންޏެވެ.

“ޝޫ” Shhh ސީރީޒްގެ ތަރިންގެ ތެރޭގައި ޝީލާ ނަޖީބު، ޒީނަތު އައްބާސް އަދި އަޙްމަދު އަޒްމީލް (އަޒޭ) ހިމެނެއެވެ. މީގެ އިތުރުން މަޝްހޫރު ކޮމީޑިއަން އަހްމަދު ޝާޒްގެ ވަރަށް ތަފާތު ކެރެކްޓަރ އެއް ފެނިގެންދާއިރު، އިރުފާނާ އިބްރާހިމް އަދި މަރިޔަމް ހަލީމް ވެސް މި ސީރީޒްއިން ފެނިގެންދާނެއެވެ.

“ޝޫ” Shhh ގެ ޕްރޮޑިއުސަރަކީ ހުސައިން މުނައްވަރުއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ 21:00 ގައި މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވާއިރު، ފެނިގެންދަނީ މާލޭގެ ގެއަކަށް ކުއްޔަށް ތިބުމަށް ދާ ދެމަފިރިން، އަޙްމަދު އަޒްމީލް އާއި ޒީނަތު އެ ގެއަށްދާއިރު ގެ ބަލަހައްޓަން ހުންނަ ޝާޒް ވަރަށް އާދަޔާޚިލާފް މޭކަޕެއްގައި ތަފާތު ކެރެކްޓަރ އަކާއިއެކުގައި އުޅޭތަނެވެ. ޝާޒްގެ ހުތުރު ސިފައާއި ވާހަކަދައްކާގޮތް ފެނިފައި ޒީނަތު ބިރުން ހުންނަނީ އަވަދިވާވަރު ވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.